އުތުރު ތިލަފަޅު އެގްރިމަންޓުގެ ދިވެހި ތަރުޖަމާ ޑީއެންއޭއިން ނެރެނީ

އުތުރު ތިލަފަޅު އެގްރިމަންޓުގެ ދިވެހި ތަރުޖަމާ ޑީއެންއޭއިން ނެރެނީ

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2021 03:08
0

އުތުރު ތިލަފަޅު އެގްރިމަންޓުގެ ޑްރާފްޓުގެ ދިވެހި ތަރުޖަމާ ފޮތެއް ޑީއެންއޭއިން ނެރުމަށް ހަމަޖެހިފައިވާކަމަށް އެ ހަރަކާތުގެ އިސްމޭސްތިޔާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅު އެގްރިމަންޓުގެ ޑްރާފްޓުގެ ދިވެހި ތަރުޖަމާ ފޮތެއް ޑީއެންއޭއިން ނެރޭކަން ހާމަކޮށް އުމަރު ވަނީ އޭގެ ކޮޕީއެއްވެސް ދައްކާލާފައެވެ. ނަމަވެސް މިފޮތް ނެރުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއް އަދި ހާމަކޮށްފައި ނުވެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮށްލީވެސް ޢުމަރު ނަޞީރެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ލީކުވެފައިވާ މި އެއްބަސްވުމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއްނެތް ލިޔުންތަކެއް ކަމަށެވެ. އަދި އެމްއެންޑީއެފްއިން ޤައުމީ ސަލާމަތަށް ނުރައްވާފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓިނު
Dhogu vaaka fethurumakee/dhehkumskee jinaaee kusheh. Kadaelhigen engihure hageegathaa khilaafu vaahaka dhahkaanama dhauvaa kuranjehey.
H Hum
Umarumenkahala bathalun migaumah beynunvanee thi uthuruthilafalhuge mahsalaaga ahun bunaane vaahakayakee emme thankolhehves nudhee hageegay haamakurumah umaru fasnujehi kuriyahdhaashey sukurihyaa umarah❤
އ އަހައްމަދު ކަލޯ
އުމަރު ތިޔަކުރާ މަސައްކަތައް ބަރަކާތް ލެއްވުން އެފެން ސާބާަސް
އ އަމާން
ސާބަހޭ ޢުމަރު. ތިޔައީ ޤައުމީ ބަޠަލެއް.