ދަބަހެއް ވަގަށްނެގި މީހަކު ހޯދަނީ

ދަބަހެއް ވަގަށްނެގި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2021 01:02
0

މާލެއިން ވައްކަން ކުރި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާއިއެކު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ވައްކަން ކުރި މީހާއަކީ ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 482928އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.