ޤާސިމްގެ ވިސްނުމަކީ އަބަދުވެސް ސަރުކާރު ހޯދައިގެން އެއްޗިހިތަކެއް ދަމައިގަންނަން: މުސްތަފާ

ޤާސިމްގެ ވިސްނުމަކީ އަބަދުވެސް ސަރުކާރު ހޯދައިގެން އެއްޗިހިތަކެއް ދަމައިގަންނަން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
20 އޭޕްރިލް 2021 01:07
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިސްނުމަކީ އަބަދުވެސް އޭރެއްގައި އޮންނަ ސަރުކާރެއްގެ ތެރެއިން ޖާގަ ހޯދައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ ވޯޓަކުން %50 އާއި 1 ވޯޓު ނުލިބޭނެކަން ޔަގީން ވާތީ ކަމަށް ވިދާޅުވެ ޤާސިމްގެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުނ މުސްތަފާ ވިދާޅުވީ ޤާސިމަކީ ސިޔާސީ މީހެއް ނޫންކަމަށެވެ. އަދި ކޮންމެ ވެރިކަމެއް އޮތް ކަމުގައި ވީނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭރެއްގެ އޮންނަ ސަރުކާރެއްގެ ތެރެއިން ޖާގައެއް ހޯދައިގެން އަމިއްލަ މަންފާއަށް މަސައްކަތް ކުރެއްވުމަކީ ޤާސިމްގެ އަމާޒުކަމަށެވެ.

ޤާސިމް އަކީ ސިޔާސީ މީހެއް ނޫން. އަބަދުވެސް ވިސްނަނީ ސަރުކާރު ހޯދައިގެން ކޮންމެވެސް އެއްޗިހިތަކެއް ދަމައި ގަންނަން.

– މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، މަލްޓިޕާޓީ އިންތިޚާބެއްގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ބޭއްވިކޮންމެ އިންތިޚާބެއްވެސް ކާމިޔާބު ވެފައިވަނީ ޤާސިމްގެ ބޮޑު ހިއްސާއެއް އޮވެގެންނެވެ. އަދި އިންތިޚާބަށްފަހު އެކުލަވާލާ ކޮންމެ ސަރުކާރެއްގައިވެސް ޤާސިމްގެ ދައުރު ބޮޑެވެ. ޤާސިމް އަކީ މިހާރު އޮތް ސަރުކާރުގެވެސް އެންމެ ބޮޑު ހިއްސާއެއް އޮތް ކޯލިޝަން ޕާޓީގެ ލީޑަރެކެވެ.

ޤާސިމް ނިސްބަތްވާ ކެބިނެޓްގެ ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ބޯޑު މެމްބަރުންނާއި، މިނޫންވެސް ގިނަ މަޤާމުތަކެއްގައި ޖުމްހޫރީ ޕާޓީއަށް ްނިސްބަތްވާ މެމްބަރުން ގެންދަނީ މަޤާމުތައް ފުރުއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.