އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުޞަތު ލިވަޕޫލުން ނަގާލައިފި

ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުޞަތު ލިވަޕޫލުން ނަގާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުޞަތު ޗެމްޕިއަން ލިވަޕޫލުން ނަގާލައިފިއެވެ.

ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުގެ ތިއާގޯ އަލްކަންޓާރާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭރިއާ ބޭރުން ތިއާގޯ ބާރު ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ ލީޑްސްގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އާނޯލްޑް ތަނަވަސްކޮށްދިން ފުރުޞަތަކުން ސާޑިއޯ މާނޭއެވެ.

މެޗުގެ ލިވަޕޫލް މޮޅުވާން ދަނިކޮށް ލީޑްސް ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެއެވެ. މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ، ޑިއޭގޯ ޔޮރެންޓޭއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 32 މެޗުން ލިބުނު 53 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ޗެލްސީއަށް 31 މެޗުން ވަނީ 54 ޕޮއިންޓް ލިބިފައެވެ. އަދި ލިވަޕޫލާ އެއްވަރުކުރި ލީޑްސް އޮތީ ތާވަލުގެ 10 ވަނައިގައި 32 މެޗުން 46 ޕޮއިންޓާއެކުއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *