ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ފެށުމަށް ތައްޔާރުވި ޓީވީ ޗެނަލް، މޯލްޑިވްސް ބިޒްނަސް ނެޓްވަރކުގެ ލައިސަންސް ޕީއެސްއެމްގެ ދަށަށް ބަދަލުކޮށް ޗެނަލް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ވިޔަފާރިއާއި އިޤްތިޞާދީ މަޢުލޫމާތާއި ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަކޮށްގެން ބީސީސީން ފެށުމަށް ތައްޔާރުވަމުންދާ މި ޗެނަލްގެ ޓެސްޓް ސިގްނަލް ވެސް މިހާރު ވަނީ މީޑިއަަނެޓް 120 އިން ފެންނަގޮތަށް ދޫކޮށްފައެވެ.
އެމްބީއެން ޗެނަލްގެ ލައިސަންސް ޕީއެސްއެންގެ ދަށަށް ބަދަލުކޮށް ޗެނަލް ފެށުމަށްޓަކައި ޓެސްޓް ސިގްނަލް ދޫކޮށްފަައި މިވަނީ ޕީއެސްއެމް އޮވެ ދައުލަތުން އިތުރު މީޑިއާއެއް ހިންގަން އުޅޭކަމަށްބުނެ ގިނަ ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ. ޕީއެސްއެމްގެ ދަށަށް އެމްބީއެންގެ ލައިސަންސް ބަދަލުކުރުމާއެކު އެ ޗެނަލް ދެން ހިންގާނީ ޕީއެސްއެމްއިންނެވެ.
ކޮމެންޓު ފޮނުވާ