ރައީސް ޔާމީންގެ ފިކުރު ނައްތާ ނުލެވޭނެކަން އިންތިޚާބުން ހާމަކޮށްދީފި: އަދުރޭ

ރައީސް ޔާމީންގެ ފިކުރު ނައްތާ ނުލެވޭނެކަން އިންތިޚާބުން ހާމަކޮށްދީފި: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2021 08:44
0

މިމަހުގެ10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖަލަށް އަނިޔާކުރިޔަސް ރައީސް ޔާމީންގެ ފިކުރު ނައްތައި ނުލެވޭނެކަން ދިވެހި ރައްޔިތުން ހާމަކޮށްދެއްވާފައިވަކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާއާއިއެކު މާގިނަ ދުވަސްތަކެއްނުވެ ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް އަނެއްކާވެސް ފެންމަތިކޮށް އެމަނިކުފާނު އެކި އިދާރާތަކަށް ހާޒިރު ކުރަމުންދާތީ އަބްދުއްރަހީމް ވިދާޅުވީ ޖަލަށްލައި އަނިޔާކޮށްގެން ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ކުރާ ތާއީދު ނައްތާ ނުލެވޭނެކަމަށެވެ. ނިމިގެންދިޔަ އިންތިޚާބަކީ އެމަނިކުފާނު ޖަލަށް ލައި އެކަމިކުފާނަށް ނުހައްގުން އަނިޔާދީ އެމަނިކުފާނުގެ ޕާޓީގައި ތަޅު އެޅުވުމަށްފަހު ބޭއްވުނު އިންތިޚާބެއް ކަމަށާއި ނަމަވެސް އެހާލަތުގައިވެސް ރައްޔިތުން ރައީސް ޔާމީނަށް އޮތް ތާއީދު ހާމަކޮށް ދެއްވާފައިވާކަމަށެވެ.

ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވާފައި ރައީސް ޔާމީން ޕާޓީ ތަޅު އަޅުވައިގެން ސަރުކާރުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ރައީސް ޔާމީންގެ ފިކުރު ނައްތާ ނުލެވޭނެކަން ލޮބުވެތި ދިވެހި ރައްިޔތުން މިވަނީ ސާބިތު ކޮށް ދީފަ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ އިންތިޚާބީ ކައުންސިލަރުންނަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިއަދު މަރުޙަބާވެސް ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ތަހުގީގަށާއި، އެމަނިކުފާނަށް އައިނު ހެއްދެވުމަށް މިއަދު ރައީސް ޔާމީން ވަނީ މާލެ ގެންނަވާފައެވެ. އެގޮތުން ކަރެކްޝަަލް ސާރވިސްގެ ވެހިކަލުން ފައިބާ ވަޑައިގަންނަވަމުން، އެ ސަރަހައްދުގައި ތިއްބެވި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ. އެއާއެކު ރައީސް ޔާމީންވަނީ ތިއީ އިންތިޚާބީ ކައުންސިލަރުންކަމަށް ވިދާޅުވެ މަރުޙަބާ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބުގައި އިިކޮޅު ކޯލިޝަނަށް ލިބުނު އެންމެބޮޑު ކާމިޔާބަކީ މާލެ ސިޓީގެ ސާފު އައުލަބިއްޔަތު އެޕާޓީއަށް ލިބުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.