މިދިޔަ އަހަރު 14 މިސްކިތެއް އުވާލި

މިދިޔަ އަހަރު 14 މިސްކިތެއް އުވާލި

Author
މުޙައްމަދު ޖިމީ
17 އޭޕްރިލް 2021 10:23
0

މިދިޔަ އަހަރު ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 14 މިސްކިތެއް އުވާލާފިއެވެ.

އިސްލާމިކް މިނިސްޓްރީން ޢާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާގޮތުން އުވާލި 14 މިސްކިތުގެ ތެރެއިން 13 މިސްކިތަކީ އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ މިސްކިތްތަކެވެ. އެ މިސްކިތްތައް އުވާލަފައިވަނީ ވަނީ މިސްކިތުގެ މުދިމު ރިޓަޔަރވުމާ ގުޅިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ފ. މަގޫދޫ ފިރިހެނުން ނަމާދުކުރާ ހުކުރު މިސްކިތް އުވާލާފައިވަނީ އެ ރަށުގައި އަލަށް ހުޅުވި މަސްޖިދުލް އިސްރާގައި ނަމާދު ކުރަން ފެށުމާ ގުޅިން ރަށުގެ އާބާދީގެ ނިސްބަތުން ރައްޔިތުންނަށް އެ މިސްކިތުގައި ނަމާދުކުރަން ޖާގައިގެ ދަތިކަމެއް ނެތުމާއެކު ކައުންސިލުން އެދުމާއި ގުޅިގެންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އުވާލާފައިވާ 14 މިސްކިތަކީ:

އިސްލާމިކް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާގޮތުން މިދިޔަ އަހަރު ރާއްޖޭގެ 6 އަތޮޅެއްގައި 8 މިސްކިތެއްގެ ޢަމަލީ މަސައްކަތް ނިމި، ވަނީ ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ޚަރަދުގައި 5 އަތޮޅެއްގައި 5 މިސްކިތް ބިނާކޮށްދީފައިވާއިރު، އިތުރު 2 އަތޮޅެއްގައި މިސްކިތެއް ހެޔޮއެދޭ އަމިއްލަ ފަރާތްތަކެއްގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްދީފައިވެއެވެ.

މިގޮތުން، ވީހާ ވެސް ގިނަ ބަޔަކަށް އެއްޖަމާޢަތެއްގައި ނަމާދު ކުރެވޭނެ މަގުފަހިކުރުމުގެ މަޤްޞަދުގައި، މިސްކިތްތަކުގެ ޖާގަ ބޮޑުކޮށް އަދި ފެންވަރު ރަނގަޅުކޮށް، ނިންމުމަށް ޚާއްޞަ އިސްކަމެއް ދެވުނުކަމަށާއި، އެގޮތުން، މި މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 01.277,202,48 (ސާޅީސް އައް މިލިއަން ދެލައްކަ ދެހާސް ދުއިސައްތަ ހަތްދިހަ ހަތް ރުފިޔާ އެއް ލާރި) ޚަރަދުކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފަށާފައިވަނީ 4 އަތޮޅެއްގެ 5 މިސްކިތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
ތާނައިން ލިޔެފަ އޮތް އަދަދު ހިސާބު އަކުރުން އޮތް އަަދަދާ ދިމާނުވޭ. ތާނަ އަކުރު ލިޔާގޮތަށްބާ ހިސާބު އަކުރު ވެސް މިހާރު ލިޔަނީ .