ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޢަދަދު 28،000 އިން މައްޗަށް

ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޢަދަދު 28،000 އިން މައްޗަށް

Author
މުޙައްމަދު ޖިމީ
15 އޭޕްރިލް 2021 04:21
0

ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 28،000 އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ބުނީ  ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 3،601 މީހަކު ފާއިތުވި 24 ގަޑިއިރު ޖަހާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ދެވަނަ ޑޯޒް ޖެހި 995 މީހަކާއި މާލެ ސަރަހައްދުން 127 މީހެކެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 28،970 އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު އަތޮޅުތަކުން ވަނީ 1،122 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 274،782 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދެން ފަށާފައެވެ. ދެވަނަ ދޯޒް ޖަހައިދެނީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެކަންޏެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރަމަޟާންމަހު ވެކްސިން ޖަހައިދިނުން ކުރިއަށްދާނީ ރޭގަނޑުކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވެ އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފައެވެ. އެގޮތުން މިހާރު ވެކްސިން ޖަހައިދެމުން އަންނަނީ ރޭގަނޑު21:00 އިން23:45އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.