މާލެ ސިޓީގެ ޑެޕިއުޓީ މޭޔާރުކަމަށް ވާދަވެރިކަން ބޮޑުވެއްޖެ

މާލެ ސިޓީގެ ޑެޕިއުޓީ މޭޔާރުކަމަށް ވާދަވެރިކަން ބޮޑުވެއްޖެ

Author
މުޙައްމަދު ޖިމީ
15 އޭޕްރިލް 2021 03:10
0

ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް ޕީޕީއެމް އިން ކާމިޔާބުކުރުމަށްފަހު، މާލޭ ޑެޕިއުޓީ މޭޔަރުގެ މަޤާމުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހަށްފަހު ފުަރަތަމަ ފަހަރަށް ރައްޔިތުންގެ ވޯޓަކުން ވަނީ މޭޔަރަކު އިންތިޚާބުކޮށްފައެވެ. ވާދަވެރި މޭޔަރުގެ މަޤާމު ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް އިން ވާދަކުރެއްވި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މޭޔަރުގެ ގޮނޑި ޕީޕީއެމް އިން ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމް އިން މާލޭގެ ދާއިރާތަކަށް ވާދަކުރި ހުރިހާ ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މޭޔަރު ހިމެނޭހެން މާލެސިޓީގެ 14 ގޮނޑި ޕީޕީއެމް އިން ކާމިޔާބުކުރިއެވެ.

ލާމަރުކަޒީ ޤާނޫނަށް ޢަމަުކުރަން ފެށުނީއްސުރެ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ އޮންނަ މޭލެ ސިޓީ ކައުންސިލުން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ.

ޕީޕީއެމްއިން މާލެ ސިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައިވާއިރު، ތިން އިންތިޚާބީ ކައުންސިލަރެއްގެ މެދުގައި ވަނީ ޑެޕިއުޓީ މޭޔަރުކަމުގެ ވާދަވެރިކަން އިތުރުވެފައެވެ. އެއީ ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ނަހުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ނާސިރު (އައްލޮ)ގެ އިތުރުން ހުޅުމާލޭގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިންރާހީމް ޝުޖާޢުގެ މެދުގައެވެ.

އައްލޮ ވިދަޅުވެފައިވަނީ ރައްޔިތުންނަށް ޚދުމަތްކުރުމަށް ރައްޔިތުންދިން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެކަމަށެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ޝަޢުގުވެރިކަން ހުރިކަމަށްވެސް އައްލޮ ވިދާޅުވިއެވެ.

އެގޮތުން ނަހުލާއާއި އައްލޮ ޑެޕިއުޓީ މޭޔަރުކަމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައި ވީނަމަވެސް، ޝުޖާޢު މިހާތަނަށް އެފަދަ އެއްވެސް އިޝާރާތެއް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީގެ ބައެއް ސަޕޯޓަރުން ގެންދަވަނީ ޝުޖާޢު ޑެޕިއުޓީ މޭޔަރަކަށް އައްޔަންކުރުމަށް ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުންނެވެ.

ޝުޖާޢު ޑެޕިއުޓީ މޭޔަރުކަމަށް ގެނައުމަށް ގޮވާލާ ފަރާތްތަކުން ވަނީ، އިދިކޮޅު ޕީޕީއެމް ޕީއެންސީ އެންމެ ހާލުގައި އޮތް ދުވަހު، އެ ޕާޓީތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް ފުޅަކޮށް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވީ ޝުޖަޢުކަމަށެވެ. އެހެންކަމުން ޝުޖާޢުގެ ހިންގުންތެރިކަން ފެނިފައިވާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ފުރަތަމަ އިޞްލާހު ހުށައެޅިއިރު ޑެޕިއުޓީ މޭޔަރުގެ މަޤާމުވެސް އޮތީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާގޮތަށެވެ. ނަމަވެސް ފަހުން އެގޮތް ބަދަލުކޮށް މިހާރުވެސް ޑެޕިއުޓީ މޭޔަރު އައްޔަންކުރާ ގޮތަށް ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުން ޑެޕިއުޓީ މޭޔަރަކު އައްޔަންކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާއިރު، ރައްޔިތުން އެދޭފަދަ ބަދަލެއް މާލެއަށް ގެނެސްދޭނެކަމަށް އިންތިޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.