މާލެއާއި އައްޑޫ އިން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުޞަތު އެބައޮތް: އެމްޑީޕީ

މާލެއާއި އައްޑޫ އިން އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުޞަތު އެބައޮތް: އެމްޑީޕީ

Author
މުޙައްމަދު ޖިމީ
12 އޭޕްރިލް 2021 09:53
0

މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އެބައޮތްކަމަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ސިޓީ ކައުންސިލްތައް އުފެދުނީއްސުރެން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ އޮތް އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ މިފަހަރުގެ އިންތިޚާބުގައި ގެއްލިފައިވާއިރު، މާލެއިން ވަނީ އެމްޑީޕީއަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިފައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ހޮނިހިރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑި އެޕާޓީއަށް ކަށަވަރުކުރެވިފައިވާކަމަށާއި، އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑިވަނީ ކާމިޔާބުކުރެވިފައިވާކަމަށެވެ.

މާލެއާއި އައްޑޫ ސިޓީ އިން މިއެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި މިޕާޓީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 އަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއްކަމަށާއި، ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަންވެސް ފާހަގަކުރެވޭކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

މިއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވީމެވެ.

– އެމްޑީޕީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރާއްޖޭގެ ވަރަށް ގިނަ ދާއިރާތަކެއް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މިގޮތުން އެންމެ ވާދަވެރި ދާއިރާކަމަށްވާ އެމްޑީޕީގެ މޭޔަރުގެ މަޤާމުވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.