އަންނަ ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާި ހެނދުނު 10:30 އިން މެދންދުރު ފަހު 02:00އާއި ހަމައަށްކަމަށް ކަނޑައަޅާއިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާން މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާން މަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 01:00 އިން 02:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީޙުގެ ރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.
މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާއެވެ. މިދައުރު މި އޭޕްރީލް މަހުގެ ނިޔަަލަށް ކުރިއަށް ދާނެއެވެ. މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ