މަޖިލިސް މެންބަރުންނަށް އިންޝިއުރަންސް ދޭނެ ބަޔަކު ހޯދަނީ

މަޖިލިސް މެންބަރުންނަށް އިންޝިއުރަންސް ދޭނެ ބަޔަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
07 އޭޕްރިލް 2021 09:05
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޝިއުރަންސް ޚިދުމަތްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާންެއްގައިވަނީ މަޖިލީހުގެ އިދާރާއިން އެދިގެން މަޖިލީހުގެ މެންބަރުންނާއި، ކުރިންމެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށެވެ.

ޝަރުތު ހަމަވާ ފަރާތްތަަކށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލަށްކަމަށްވެސް ފިނޭންސްގެ އިޢުލާންގައިވެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށްވެސް އިޢުލާންގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.