އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ދައުލަތުގެ "ޔުނިޓަރީ"ސިފަ ގެއްލުވާލަން: ޑރ.ޑީޑީ

އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ދައުލަތުގެ "ޔުނިޓަރީ"ސިފަ ގެއްލުވާލަން: ޑރ.ޑީޑީ

Author
މުޙައްމަދު ޖިމީ
07 އޭޕްރިލް 2021 08:54
0

އެމްޑީޕީ އިން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ "ޔުނިޓަރީ" ސިފަ ގެއްލުވާލައި، އޭގެޒާތުގައި މަރްކަޒީ އިދާރާތަކުގެ ބާރުތައްވެސް ލާމަރްކަޒީ އިދާރާތަކަށް ޖަމާކުރަންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެކަނި ފިކުރެއްކަމަށާއި، އ ެނިޒާމް އެހެން ބަޔަކަށް ހިންގަން ނޭނގޭނެކަމަށް އެމްޑީޕީން އަންނަނީ ވަކާލާތުކުރަމުންނެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ އެ އިޞްލާހުތައް އުވާލާނެކަމުގެ އިޝާރާތެއް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ޢަލީ ނިޔާޒް އިއްޔެ ވަނީ ކުރައްވާފައެވެ.

ޢަލީ ނިޔާޒްގެ އެ ވާހަކަފުޅާއި ގުޅިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ލާމަރުކަޒީ ވެރިކަމަށް ބާރުހިންގާ އުވާލާނެކަމުގެ ބިރުދެއްކުަމަކި ބަލައިގަނެވޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މެޖޯރިޓީ ދިނީ ހިތުހުރިހާ ކަމެއް ކުރާކަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްހާންގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ފުރިހަމަ ލާމަރްކަޒީ ނިޒާމަކީ ކޮބައިކަން މަޖިލީހުގައި ތިބި “ޖަހާބިޒާ” އިންނަށް އެނގޭކަމާ މެދު ޝައްކުކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ “ޔުނިޓަރީ”ސިފަ ގެއްލުވާލައި، އޭގެޒާތުގައި މަރްކަޒީ އިދާރާތަކުގެ ބާރުތައްވެސް ލާމަރްކަޒީ އިދާރާތަކަށް ޖަމާކުރަންކަމަށްވެސް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށައެޅުއްވި ބިލަށް ވާާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ޤަބޫލުކުރާ ބަޔަކީ ހަމައެކަނި އެމްޑީޕީކަމަށެވެ. އޭނާ ވިދާލުވީ، ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ މަރުކަޒީ ސިޔާސަތުން ލާމަރުކަޒީ ސިޔާސަތަށް ބަދަލުވެގެން ދިއުންކަމަށެވެ. ޢަލީ ނިޔާޒް ވިދާޅުވީ، ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުމަށާއި، ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް އެއްވެސް ޖެހިލުމެއް އޮވެގެންނުވާނެކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ، ހަގީގީ މާނާގައި ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ނުހިނގައިފިނަމަ ޤާނޫނަށް ގެނައި އިޞްލާހުތައް އުވާލައްވަން ހުށައަޅުއްވާނެކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.