ރާއްޖެއިން ބޭރުން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށްވެސް ރާއްޖެއިން ދެވަނަ ޑޯޒް ޖަހައިދޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށްވެސް ރާއްޖެއިން ދެވަނަ ޑޯޒް ޖަހައިދޭނެ: އެޗްޕީއޭ

Author
މުޙައްމަދު ޖިމީ
06 އޭޕްރިލް 2021 09:41
0

ރާއްޖެއިން ބޭރުން ކޯވިޑް-19ގެ ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައިތިބޭ މީހުންނަށްވެސް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާރމް އަދި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެކަމަށެވެ. އަދި މިފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ އެއް ތިރީގައިވާ އީމެއިލްއަށް ފޮނުއްވައިދިނުމަށް އެދޭކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އީމެއިލްގައި ނަން، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު، ގުޅޭނެ ނަންބަރު، ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިޙް ހިމަނަންވާނެ. [email protected]

– އެޗްޕީއޭ

ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ރާއްޖެއިން މިހާތަަނށް ވެކްސިންގެ ފުރަތަމަ ޑޯޒް251،139 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ މިހާތަނަށް5،753 މީހުންނެވެ. ރާއްޖޭގައި3 ވެކްސިނަކަށް ހުއްދަ ދީފައިވެއެވެ. އެއީ ކޮވިޝީލްޑާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.