ފ. ނިލަންދޫ ބޭރުން ކަންނެލި މަސްވެރިކަމުގައި އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން ފަރުވާ ދިނުމަށް ނިލަންދޫއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އޭނާ ނިލަންދޫއަށް ގެންދެވުނީ ހަވީރު 16:03 ހާއިރު ކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މެންދުރު 14:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އަނިޔާ ވެގެން ފަރުވާދެމުންދަނީ "އުމެރި 1″ ނަމަކަށްކިޔާ ކަންނެލި ދޯނީގައި ހުރި، އުމުރުން 44 އަހަރުގެ ދިވެހި ފަޅުވެރިޔަކަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
F.Nilandhoo ge hulhan'gun 14nm beyrugai kanneli masverikan kuramun dhiya "UMERI-1" dhoaneegai huri 44 aharuge falhuveriehge athah valhi eh herigen, MNDF Central Area Coast Guard Squadron ge eheetherikamaaeku Sea Ambulance gai miadhu 16:03 haairu F.Nilandhoo ah gengosdheefi. pic.twitter.com/sRbbyf56rV
— Maldives National Defence Force (@MNDF_Official) April 6, 2021
ހާދިސާގެ ރިޕޯޓު ކުރިއިރު އެ ދޯނި އޮތީ ނިލަންދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުގައި ކަންނެލީގެ މައްވެރިކަމަށ ނުކުމެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ