ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން 50 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން 50 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

Author
އަހުމަދު
17 ޖުލައި 2026 02:38
0

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރެއިން 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ ގެސްޓްހައުސްގެ ތިންވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނު މީހަކީ މާލެ / ސްޓާ، މުޙައްމަދު ރަޒީން (50 އަހަރު) ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

ރަޒީނަކީ ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ކުރިން ވެސް ފުލުހުން ހައްޔަރު ކޮށްފައިވާ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.