ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނުފެނިއްޖެނަމަ، އުވާލަން ހުށައަޅާނަން: ޢަލީ ނިޔާޒް

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނުފެނިއްޖެނަމަ، އުވާލަން ހުށައަޅާނަން: ޢަލީ ނިޔާޒް

Author
މުޙައްމަދު ޖިމީ
06 އޭޕްރިލް 2021 10:15
0

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނުފެނިެއްޖެނަމަ ކައުންސިލްތަކަށް ބާރުތައް ދިނުމަށް ގެނައި އިޞްލާހުތައް އުވާލައްވާނެކަމަށް، ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާލުވެއްޖެއެވެ.

ކައުންސިލްތަކުގެ އިހްތިޞާސް ކަނޑައެޅުމާއި، ކައުންސިލްތަކަށް ބާރުތައ ްލިބޭގޮތަށް ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ އަލީ ނިޔާޒްއެވެ. އެ އިޞްލާހުތައް މަޖިލީހުން ފާސްކޮށް މިހާރު އަންނަނީ އަމަލުކުރެވެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށައެޅުއްވި ބިލަށް ވާާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ޤަބޫލުކުރާ ބަޔަކީ ހަމައެކަނި އެމްޑީޕީކަމަށެވެ. އޭނާ ވިދާލުވީ، ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ މަރުކަޒީ ސިޔާސަތުން ލާމަރުކަޒީ ސިޔާސަތަށް ބަދަލުވެގެން ދިއުންކަމަށެވެ. ޢަލީ ނިޔާޒް ވިދާޅުވީ، ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުމަށާއި، ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް އެއްވެސް ޖެހިލުމެއް އޮވެގެންނުވާނެކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ، ހަގީގީ މާނާގައި ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ނުހިނގައިފިނަމަ ޤާނޫނަށް ގެނައި އިޞްލާހުތައް އުވާލައްވަން ހުށައަޅުއްވާނެކަމަށެވެ.

މިނިސްޓްރީތަކަށް ޖަމާވެފައިހުރި ވަރަށް ގިނަ ވަރަށް ގިނަ މަސައްކަތް ކައުންސިލްތަކަށް ކުރެވޭނެ. ކައުންސިލްތަކަށް އެބާރު ދޭންވާނެ. އެ ބާރުތައް ދީގެން އަޅުގަނޑުމެން މިފަހަރު އިރާދަކުރެއްވިއްޔާ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށް މި މަސައްކަތްކުރަނީ. އެ މަސައްކަތް ހިނގާތަން އަޅުގަނޑުމެން ދައްކަންޖެހޭނެ. އެހެން ނޫންކަމށްވާނަމަ އަޅުގަނޑު އެނބުރިއައިސް 8 ވަނަ އިޞްލާޙުގައި ހުރި ކަންތައްތައް އުވާލުމަށް އަޅުގަނޑު ހުށައަޅަނަން. އޭރުން ރާއްޖޭގައި މި ނިޒާމެއް ނޯންނާނެ. އޮތުމުގެ ބޭނުމެއް ނެތް.

– ޢަލީ ނިޔާޒް

ޢަލީ ނިޔާޒް ވިދާޅުވީ ދާދި ފަހުން ހެދިފައިވާ ރާއްޖޭގެ %70 މީހުން ޤަބޫލުކުރަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްކަމަށެވެ.

ޓްރާންސްޕޯތް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހޫށައަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ އޮތޯރިޓީ އުވާލުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުކުރައްވާކަމަށާއި، އެ އޮތޯރިޓީ އުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

ޓްރާނސްޕޯޓް އޮތޯރިޓިގެ ހުރިހާ ބާރެއް މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށައެޅުއްވި އިޞްލާހަކީ ލާމަރުކަޒީ ނިޒާމަށް ވަކާލާތުކުރާ ބަޔަކު އެބާރުަތއް މަރުކަޒީކުރުމަށް ހުށައެޅުއްވި އިޞްލާހެއްކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sulaimaan
Mamee lolun bolun mdp aa hedhee maru dhanjehunu merheh. Baaru libuneema vee kameh haraaan...aharemennah mi egenee magumathee halhrylavan...mihaaru mi qsumuga 3 baaru mivanee mdp athuga...dhen 3 baaru vaki kuraa vaahaka adu gadha kuraa in dhekkee mdp...magey vite eh nudheynan mdp akah...nuves dhaanan vote laakah....ves..
d dhonsorubey
thiya bunaa vaahaka engijje- maanayakee mdp ah majority nulibijje mama baaruthah nagaanamey.
H Haaufaa
MDP ah cuncilthah nulibijje nama ekan hajamu nuvaanekan kurinves egey. ehen viyas thiya edheyhaa gothakah berujahan meehun thibbas emmen egothah thibi kamah nudhekeysheve.thibi