ރާއްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައަޅާފައިވާއިރު، ކޮންމެ މެންބަރަކު މިހާރުވެސް ލައްކައެއްހާ ރުފިޔާ ނަންގަވާކަމަށ ވިދާލުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.
އިބުރާ މިހެން ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރާދަތުރުތަކަކީ ރަސްމީ ދަތުރުކަށް ހެދުމުގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިވާކަން ހާމަކުރައްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
މަޖީލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްޖަލްސާއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ. އަދި މަޖިލީހުގެ އެކައުންޓުންވެސް ޚަރަދުކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މަޖިލީހުން ގެނައި އެބަދަލާއި ގުޅިގެން ފާޑުވިދާޅުވަމުން އިބުރާ ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގައި އުޅުއްވިއިރު މުސާރައަކީ7000 ރުފިޔާކަމަށެވެ. ކޮމިޓީއަށް ހާޒިރުވެޖެނަމަ އެލެވަންސްއަކާއި ދާއިރާއަށް އަހަރަކު އެއްފަހަރު ދިއުމަށް ޓިކެޓެއް ލިބޭކަމަށެވެ. ނަމަވެސް އޭގެ ފަހުން މެންބަރުންގެ މުސާރަ 65،000އަށް ބޮޑުކުރީ އެ ހުރިހާ ކަމެއް އެއްކޮށްލުމަށްފަހުކަމަށާއި، އެއީ މެންބަރުންގެ އޮފީހެއްވެސް ހިމެނޭގޮތަށްކަމަށެވެ.
ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ކޮމިޓީ އެލަވަންސްގެ ގޮތުގައި20،000 ރުފިޔާ އިތުރުކޮށްފައިވާއިރު، އަނެއްކާ މިހާރު ދަތުރުރުކުރަން ބަޖެޓުން ޚަރަދުކުރަން ނިންމަވާފައިވާކަމާއި، މަޖިލީހުގެ އިދާރާގައި ކޮންމެ މެންބަރަކަށް މަޖިލީހެއްގައި އޮފީހެއްވެސް ހުންނަކަން އިބުރާ ފާހަގަކުރެއްވިއެވެ.
ލަފާކުރެވޭގޮތުގައި މީގެން ކޮންމެ [މެންބަރަކު] ލައްކައެއްވަރު ގޮހޮރަށް ލާނެެ. އެވަރު މަދުކަމުން ކޮންމެ ވޯޓެއްގައި "ބަޓަން އެލަވަންސް"އެއް އެބަ ދޭންޖެހެއެވެ. ބިޑަށްލާ އެއްޗެއް ވިއްޔާ މި [މެންބަރުން]ގެ ހިއްސާ އޮންނަ ކުންފުނިތަކަށް ނޫނީ ލިބިއްޖާ އަނެއްކާ ކަންތައް ޖެހުނީ. ކޮންމެވެސް ވަޒީރަކު ނޮޅައިލަންވީ. މިއީ އަދި ރިޔާސީ ނިޒާމެއްގައި ވާވަރު. ބަދަލު ކުރީމައި ވާނީ ކިހިނެއްބާ.
– އިބްރާހީމް އިސްމާޢީލް
އިބްރާ މިހެން ވިދާޅުވެފައި ވާއިރު، އިންތިޚާބާއި ދިމާކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކެމްޕެއިނަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
މަޖިލީހުގެ މެމްބަރުންނަކީ މިހާރުވެސް މުސާރަބޮޑު ބަޔަކަށްބާއިރު އިތުރު އިނާޔަތްތަކާއި، ތަފާތު ނަންނަމުގައި މަޤާމުގެ ބޭނުންކޮށް ނާޖައިޒް އިނާޔަތް ނަގާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް މަޖިލިސް މެމްބަރުން އަމިއްލަ ދާއިރާއަށް ދާކޮންމެ ދަތުރަކީ ރަސްމީ ދަތުރަކަށް ހަދައި، މެމްބަރުންނަށް އިތުރު އިނާޔަތެއް ކަނޑައެޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.
ކޮމެންޓު ފޮނުވާ