ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ދީގެން ރާހަތެއް ނުކުރިޔަސް، ކައުންސިލްތައް ދީފިނަމަ ތަފާތު ފެންނާނެ: ނަޝީދު

ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ދީގެން ރާހަތެއް ނުކުރިޔަސް، ކައުންސިލްތައް ދީފިނަމަ ތަފާތު ފެންނާނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
06 އޭޕްރިލް 2021 09:10
0

ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ނުފެނުނުނަމަވެސް، ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ތަފާތު ފެންނާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މިހާރު ކުރަމުން އަންނަނީ ކެމްޕެއިންގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. ރައީސް ނަޝިދު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ވޯޓު ލުމަށް ނިކުތުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝިދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށްކަމާއި، އެކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެގެންދާނެކަމަށެވެ. ނަޝީދު ވިދާޅުވީ، ސަރުކާރެއް މެދުވެރިކޮށް ކަމެއް ކުރުމަށްވުރެ ކައުންސިލެއް މެދުވެރިކޮށް އެކަމެއް ކުރުން މާ ފަސޭހަވާނެކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މުދަލަށްވުރެ މާލެ ސިޓީގެ މުދާ ގިނަވާނެކަން ފާހަގަކުރައްވާ ރައީސް ނަޝިދު ވަނީ އެމްޑީޕީން މަސައްކަތްކުރަނީ އެފަދަ ކަންކަން ސިޓީ ކައުންސިލްގެ ދަށް ފުރޮޅާލުމަށްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރެއް އެކުލަވާލުމަށް އެމްޑީޕީއަށް ވޯޓު ދިފާއި އޮތްއޮތުމަށް މާބޮޑު ރާހަތެއް ނުކުރިނަމަވެސް ކައުންސިލްތައް ދީފިނަމަ ތަފާތު ފެންނާނެކަމަށާއި، ލާމަރުކަޒީ ނިޒާމެއް އެކުލަވާލާ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުޞަތު އެޕާޓީން ފަހިކޮށްދޭނެކަމަށެވެ.

އެހެންވެ ކުރިން ސަރުކާރަށް ވޯޓު ދީފަތޯ އޮތީ، އެމްޑީޕީއަށް ވޯޓް ދީފަތޯ އޮތީ، އެ ވޯޓުތަކުން މާބޮޑު ރާހަތެއް ނުވާކަމަށް ތިބޭފުޅުން އަދި ވިދާޅުވަމުން ގެންދިޔަނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ހަދަން މިއުޅޭނީ ވަކި ބާވަތެއްގެ ވަޑާމެއް. އެއަށް އަޅުގަނޑުމެން މިކިޔަނީ ތާހިރު ދިރިއުޅުމެއް އޮންނާނޭ. އަމިއްލަ ފައިމައްޗަށް ތެދުވެ ތިމާގެ އާއިލާ ބެލެހެއްޓޭނޭ.

– މުޙައްމަދު ނަޝީދު

އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބަށް އެމްޑީޕީއާއި ޕީޕީއެމް އިން ކެމްޕެއިން ކުރަމުން އަންނައިރު، އެންމެ ވާދަވެރިކަން ބޮޑީ މާލެ ސިޓީގެ މޭޔަރުކަމެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީން އަނަސް ޢަބްދުއްޞައްތާރު ވާދަކުރައްވާއިރު، އިދިކޮޅުން ޥާދަކުރަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީ ވާދަކުރެއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި، އެކިއެކި ޝަހުސިއްޔަތުންވެސް ޑރ.މުޢިއްްޒުއަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Mulhi dhuniye dhineemaa thafaathu fennaane. mihaaruves vanee thafaathu fenifa. e ee dheenaa gaumiyyathu fudijje. ithuru thafaatheh dheken beynumeh nuvey.
ރ ރައްޔިތެއް
ތަފާތުފެންނާނެކަން އެގޭތީއޭދޭންބޭނުންނުވަނީ. ވެރިކަމުގެ ނިޒާމުބަދަލުކޮށް ލާދީނިއްޔަތުފަތުރާ ގައުމިއްޔަތުގެ ބާރުކަޑުވާލާ ރައްޔިތުން އިންތިހާއަށް ނިކަމެތިކުރާނެ . މިހާރުއިންތިހާބު ބޯމަތީގައިއޮތީމަ ނެގިމަޑުވެފައިއެތިބެނީ. އެންމެބޮޑުދެބާރުދީގެން ކަމެއްނުވިކަމަށް އެއްބަސްވާއިރު ކައުންސިލުދީގެން ކުރެވޭނީ ކޮންކަމެއްބާ.