ބްރިޖަކީ ރައްޔިތުން އެދޭ ތަރައްޤީއެއް ނޫން: އަދުން ޙުސައިން

ބްރިޖަކީ ރައްޔިތުން އެދޭ ތަރައްޤީއެއް ނޫން: އަދުން ޙުސައިން

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 12:15
0

މާލެއާއި ހުޅުލެ ގުޅުވާލާ ބްރިޖަކީ ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުއެއް ނޫންކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަމީމް (އަދުން ޙުސައިން) ވިދާލުވެއްޖެއެވެ.

ވ.އަތޮޅު ތަޢުލީމީ މަރުކަޒާއި ވ.އަތޮޅު މަދަރުސާގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށައެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން އަދުން ޙުސައިން ވަނީ ބްރިޖު އެޅުން އެއީ ރައްޔިތުންނަށް އެންމެ ފައިދާވާ މަޝްރޫޢުއެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެއީ ރައްޔިތުން އެދޭ ތަރައްޤީތޯވެސް އަދުން ޙުސައިން ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބްރިޖުގެ ބަދަލުގައި އެހެން މަޝްރޫޢުތައް ހިންގެން ޖެހޭކަމަށެވެ.

އަޅުގަނޑުމެން ބުނެގެނެއް ނޫން އައިސް މިތާ ބޮޑު ބްރިޖެއް އެޅީއެއް؟ އޭގަވެސް 4 ލޭނު އޮންނަންޖެހޭ ތަނަކަށް 2 ލޭނު އަޅަފަ އެހާ ބޮޑު ހައިވޭއެއް އަޅާފަ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ދިނުމަށްވުރެމުހިންމުތޯ؟ ރާއްޖޭގެ ރައްޔިތުންނަށް ފާޚާނާ ނިޒާމް ދިނުަމށްވުރެ މުހިންމުތޯ؟ ރާއްޖޭގައި ނުކިޔަވާ ތިބި ކުދިންނަށް ކިޔަވައިދިނުމަށްވުރެ މުހިންމުތޯ؟ ރާއްޖޭގެ ކަރަންޓު ކެނޑިފަ ހުރި ރަށްރަށް ކަރަންޓު ދިނުމަށްވުރެ މުހިންމުތޯ؟ މަލްޓި ޕާޕޯސް ހޯލު އެޅުަމށްވުރެވެސް މުހިނު ކަމެއްތޯ؟

– އަދުން ޙުސައިން

އަދުން ޙުސައިން ވިދާޅުވީ، ވަކި މީހެއްގެ ޝަނާ ޝައުކަތު ދެއްކުމަށް އަޅާ ބިނާއަކީ ތަރައްްޤީއެއް ނޫންކަމަށެވެ. އަދުން ޙުސައިން މިހެން ވިދާލުވެފައިވާއިރު، މިސަރުކާރުންވެސް މާލެއާއި ގުޅިފަޅު ގުޅުވާލުމަށް ބްރިޖު އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިސަރުކާރުން ތަރައްްީގެ ގިނަ ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައިވާކަމަށް އަދުން ޙުސައިން ވިދާޅުވެފައިވާއިރު، މިސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް ތަރައްްީގެ މަޝްރޫޢުތަކެއް ހިންގިފައިނުވާކަމަށް ބުނެ ސަރުކާރަށް ފަޑުކިއުން އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Holiday
Anga sarukaaru vaakameh haraam vaguvaguvaguvaguvaguvaguvaguvagu
a ahmed
Rahyathun edhey tharahgee akee adhungey garaajun vehical thah service koh rahyathunhe hurihaa laari eh amdhun hussain ah dhinun
އ އަޙުމަދު
ޕެޑްމެން ތިބުނީ ތެދެއް ކަމަކަށް ވާނަމަ، ރަށްވެހި ރައްޔިތުން ބޭނުންވާ ތަރައްޤީ ނުގެނެސް ލަސް ކުރަނީ ކީއްވެގެން ތޯ، ސަރުކާރާއި މަޖިލިސް މެޖޯރިޓީ ލިބިފައި އޮންނަތާ ގާތްގަނޑަކަށް ދެއަހަރު ބައިވަނީ ނޫންތޯ، އަވަހަށް ރަށްވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދެއްވާ، އަދި އެތަރައްޤީގެ ތަފްޞީލް މަޖިލިހުގެ ތަޅުމުގައި ހާމަކޮށް ދިނުމަށް ގޮވާލަން، ދޮގާއި މަކަރާއި ޙީލަތް ހަދައިގެން އަބަދު ކަންކަން ޙާޞިލް ކުރެވިދާނެ ކަމަށް ޤަބޫލެއް ނުކުރެވެ އެވެ.
H Hum
Adhungadu kaley theethanega hurikadukoheh nubainulafaa jaahileh thiburaanchakah neygeytha buriju elheema mulhigaumahvee faidhaaeh ragalhah vihyaa thirudi veshunnaanee burijuge beynun kohfa haadha thanehdhoreh neygey jaahilekey thee aganuthalhaa geyga ovebala
ރ ރައްޔިތެއް
ކަނޑުފަތާފަ އެއްރަށުންއަނެއްރަށަށް އެރުން އެއީތޯރައްޔިތުން އެދޭތަރައްގީއަކީ ކަނޑުގަދަވެމޫސުންގޯސްވެގެން ވިލިގިލިންވެސް ދަތުރުނުކުރެވުންތޯ ތަރައްގީއަކީ.ބޮއްކުރާގައި ރަށަށްފޭބުންނޫންތޯ ތަރަށްގީއަކީ. ހަމަހޭގަތިބެގެންބާ ކަންކަމުގަބަހުސްކުރަނީ. މާދަންބުނާނެ ދަތުރުފަތުރުކުރަންވަާނީ ރިޔަލުދޯނީގަޔާއި އަހުގައޭ. އެއީއޭރައްޔިތުންބޭނުންވާ މުހިއްމުކަންކަމަކީ.
R Rasheed
Adhun Hussain kanneyge sikudi hamatha