ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިފިއެވެ. އެގޮތަށް ޢާންމު ކޮމިޓިން ނިންމެވިކަން ހާމަކުރައްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓިން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ޤަވާއިދަށް ރިޔާއަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާލުވީ، ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެކަމަށެވެ. އަދި މެންބަރުން ކުރައްވާ ދަތުރުފުޅުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، މެންބަރުން ދާއިރާއަށް ވަޑައިގަތް ނަމަވެސް، މަޖިލީހުން އެދިއްޖެ ނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަން ވާނެކަމަށެވެ.
މަޖީލީހުގެ ޤަވާިދުގައި ބަޔާޏްކޮށްފައިވަނީ މަޖިލީހުގެ ޖަލްޖަލްސާއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ