ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެނގޭ، މޭޔަރަކަށް ޑރ.މުޢިއްޒު ވުމުން ތަރައްޤީ ޔަޤީންވާނެ

ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެނގޭ، މޭޔަރަކަށް ޑރ.މުޢިއްޒު ވުމުން ތަރައްޤީ ޔަޤީންވާނެ

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 09:07
0

އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެނގޭކަމަށާއި، ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަށްވުމުން ތަރައްޤީ ޔަޤީންވާނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް ޑރ.މުޙައްމަދު މުޢިއްޒު ހުންނަވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި ހިންގާފައިވާއިރު، ޖަމީލް ވަނީ އެ މަޝްރޫޢުތަކުގެ ފޮޓީތައްވެސް ހިއްސާކޮށްފައެވެ. ޑރ.ޖަމީލް ވިދާޅުވީ، ސިންގަޕޫރު ފަދަ، ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް ޕީޕީއެމްއިން، ރައީސް ޔާމީން ވަނީ މާލެ ހައްދަވާފައިކަމަށެވެ. ނަމަވެސް އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭކަމަށާއި، މޭޔަރައަކަށް ޑރ.މުޢިއްޒު މޭޔަރަކަށްވުމުން ތަރައްޤީ ޔަޤީންވާނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.
މިސަރުކާރަށް ދެއަހަރާއި ބައި ވެގެން ދިޔައިރުވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގިފައި ނުވާކަމަށް ބުނެ، އަދި މާލޭސިޓީގެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނަތާ 11 އަހަރު ފާއިތުވެގެން ދިޔައިރުވެސް މާލޭގެ ހުރި މައްސަލަތަކަށް ހައްލު ގެނެވިފައިނުވާތީ އެމްޑީޕީއަށް ތާޢީދުކުރާ ވަރަށް ގިނަ ބަޔަކު އަންނަނީ ޑރ.މުއިއްޒު އެންޑޯޒްކުަރއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.