ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މިއަހަރުގެ އެޕަރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކޮށްފިއެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ. މި އަހަރު އެޗްޑީސީގެ އެޕަރެންޓިސްޝިޕް ޕްރޮގްރާމްގައި 90 ބައިވެރިއަކު ތަމްރީން ހާސިލްކުރާނެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އެކި ދާއިރާތަކުން ތަމްރީންލިބިފައިވާ ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކްލާސްރޫމް ސެޝަންތަކާއި، ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ ދަސްކުރުމުގެ ސެޝަންތައްވެސް ކުރިއަށްދާނެއެވެ.
ޕްރޮގްރާމް ފުރިހަމަކުރާ ކުރާ ކޮންމެ މީހަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެސް 3ގެ ސަނަދެއް ލިބޭނެއެވެ.
އެޗްޑީސީގެ އެޕަރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ އެންމެ ރަނގަޅު ބައިވެރިންނަށް އެ ކޯޕަރޭޝަންގައި ވަޒީފާ ހުރި މިންވަރަކުން ކޮންމެ އަހަރަކުވެސް ވަޒީފާތަށް ހަމަޖައްސައިދެމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ