އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން މިއަދު ކޮބާތޯ ސުވާލުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފުލުހުންނަށާއި، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ހުއްޓުވުމަށް ރައޓްގިއަރުގައި ޝީލްޑް ހިފައިގެން ތިބި ގިނަ ޢަދަދެއްގެ ފުލުހުން، މުޒާހަރާކުރި އަންހެނެއްގެ ފަހަތުން ދުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދަުރުވަމުންނެވެ. އެ ވީޑިއޯއާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
އެ ވީޑިއޯ ޙިއްސާކުރައްވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވަނީ އެއީ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއްކަމަށެވެ. އެއްމެ އަންހެނެއްގެ ފަހަތުން 10ވަރަކަށް ފުލުހުން އާރާ ބާރާއެކު ކުރިމަތިލުން އެއީ އެބުނާ ހަމަހަމަ ކަމަކީތޯ މޮސްޓާ ސުވާލުކުރެއްވިއެވެ.
އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާ މީހުން މިއަދު ކޮބާ… @PoliceMv ލަދުގަންނަން ޖެހޭ ވަރުގެ ކަމެށްމި… އެއްމެ އަންހެނެއްގެ ފަހަތުން 10ވަރަކަށް ފުލުހުން އަރާ ބާރާއެކު ކުރިމަތިލުން… މީތޯ އެބުނާ ހަމަހަމަ ކަމަކީ pic.twitter.com/XZdLvVE3vH
— Mohamed Nasheed Abdulla (@MNA_MosTaaA) March 26, 2021
އިދިކޮޅު ކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށްގެންދާ މުޒާހަރާގައި ގިނަ އަދަދެގެ ފުލުހުން މަގުތަކަށް ނިކުމެ މުޒާހަރާ ހުއްޓުވަން ކުރި މަސައްކަތުގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާވެ، ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ