މަޙްލޫފަށް 40 އަހަރު، ހަށިގަނޑަށް ބޮޑު ބަދަލެއް

މަޙްލޫފަށް 40 އަހަރު، ހަށިގަނޑަށް ބޮޑު ބަދަލެއް

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 05:34
0

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މިހާރު އެންމެ "ފިޓް"ކޮށް ހުންނަވާ އެއް ވަޒީރަކީ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙުލޫފްއެވެ. އެކަން ފެނިގެން ދިޔައީ މިއަދު ފާހަގަކުރާ މަޙްލޫފްގެ 40 ވަނަ އުފަންދުވަހާއި ގުޅިގެން ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ބޮޑީ ބިލްޑުކޮށް ހަށިގަނޑަށް ގެނައި ބަދަލާއި، އޭގެ ކުރިން ހަށިގަނޑު ހުރި ގޮތް ފޮޓޯތަކުން ފެނެއެވެ.

ހަށިގަނޑަށް "ސިކްސް ޕެކް" އަރުވާލުމަށްފަހު ގެނައި ބަދަލާއެކު މަޙްލޫފް ވިދާޅުވީ، ޢުމުރުފުޅުން 40 އަހަރުވެ 41 އަހަރަށް އަރައިގަތުމުން ހަށިގަނޑަށް ގެނެވުނު ބަދަލާމެދު ދެކެވަޑައިގަންނަވަނީ ވަރަށް "ޕޮޒިޓިވް"ކޮށް ކަމަށެވެ. އަދި ހާސިލްކުރަން ބޭނުންވި އަމާޒުގެ %90 ކާމިޔާބުވިކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ. އަދި މިހާރު ހަށިހެޔޮ ދުޅަހެޔޮކަން އިޙުސާސްކުރެއްވޭކަމަށާއި، އަމިއްލަ ނަފްސަށްކުރާ އިތުބާރުވެސް ބޮޑެވެއްޖެކަން މަޙްލޫފް ފާހަގަކުރެއްވިއެވެ.

ރީތި ހެޔޮ ބަދަލެއް ހަށިގަނޑަށް ގެނެސް އެ ފޮޓޯތައް ދައްކާލިނަމަވެސް، އެ ބަދަލު ގެނައުމަކީ ހަމަގައިމުވެސް ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. މަޙްލޫފް ވިދާޅުވީ އެބަދަލު ގެނައުމަށް އެއްންމެ ބޮޑު ގޮންޖެހުމަކަށްވީ ކޮނޑަށް ލިބުނު އަނިޔާކަމަށެވެ. ނަމަވެސް ޑޮކްޓަރުންނާއި ޑައިޓީޝަނުންގެ އިރުޝާދާއެކު އަމިއްލަ ހިތްވަރުން މަޙްލޫފް ވަނީ އެ އުނދަގުލާއެކުވެސް ހަށިގަނޑަށް ބަދަލު ގެނައުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ކުރައްވާފައެވެ. އެ އަނިޔާއިން އަރައިގަތުމަށް ޑރ.ޝަކީބްގެ ފަރާތުން ލިބިވަޑައިގަތް އެހީތެރިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

މަޙްލޫފް ވިދާޅުވީ، މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބުވާނެކަމަށެވެ. އެކަމަށް ބޭނުންވަނީ އަމިއްލަ ނަފްސަށް ޔަޤީންކަމާއި ހިތްވަރުކަމެވެ. މަޙްލޫފް ވަނީ "ބޮޑީ ޓްރާންސްފޯމް" ނުގެނައިކަމަށްވިޔަސް "ފިޓް"ކޮށް ދުޅަހެޔޮކޮށް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މަޙްލޫފް ވަނީ ހަށިގަނޑަށް އެ ބަދަލު ގެނައުމަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.