ކެމްޕެއިން ކުރުމަށް ފުރުޞަތު ލިބިއްޖެނަމަ ފުރިހަމަ ކާމިޔާބީއެއް ހޯދާނަން: އެމްޑީއޭ

ކެމްޕެއިން ކުރުމަށް ފުރުޞަތު ލިބިއްޖެނަމަ ފުރިހަމަ ކާމިޔާބީއެއް ހޯދާނަން: އެމްޑީއޭ

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 01:57
0

ކެމްޕެއިން ކުރުމަށް ފުރުޞަތު ލިބިއްޖެނަމަ އިންތިޚާބުގައި ފުރިހަމަ ކާމިޔާބީއެއް ހޯދާނެކަމަށް މޯލްޑިވްސް ޑިވެޕޮލްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ބުނެފިއެވެ. އެމްޑީއޭގެ ފަރާތުން ދ.އަތޮޅުގެ42 ގޮނޑިއަކަށް ކެނޑިޑޭޓުން ވަނީ ނެރެފައެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބާއި ގުޅޭގޮތުން އެމްޑީއޭގެ ނާއިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ، އިންތިޚާބުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް ކެމްޕެއިން ކުރަންޖެހޭކަމަށާއި، ނަމަވެސް ކެމްޕެއިންކުރުމަށް ބޯޑެތި ދަތިތަކެއް އެބަހުރިކަމަށެވެ. އާމިރު ވަނީ އިންތިޚާބަށް ކެމްޕެއިންކުރުމުގެ ފުރުޞަތު ދިނުމަށް އެޗްޕީއޭއަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

ކާމިޔާބު ތަނަވަސްކުރުމަށް ކެމްޕެއިން ކުރަންޖެހޭ. ކެމްޕެއިންގައި ކުރަންޖެހޭ މަސައްކަތަށް އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައި.

– އެމްޑީއޭގެ ނާއިބު ލީޑަރު އަޙްމަދު އާމިރު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ10 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އާމިރު ވަނީ އިންތިޚާބު ބޭއްވުމަށް އަމާން މާހައުލެއް ޤައިމްކޮށްދިނުމަށްވެސް ކަމާގުޅުންހުރި ފަރާތްތަކަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.