ދެކުނުގައި އުފެދޭ ކޮޅިގަނޑު ތޫފާނަށް ބަދަލުވިޔަސް ރާއްޖެއަށް ސީދާ އަސަރު ނުކުރާނެ: މެޓް

ދެކުނުގައި އުފެދޭ ކޮޅިގަނޑު ތޫފާނަށް ބަދަލުވިޔަސް ރާއްޖެއަށް ސީދާ އަސަރު ނުކުރާނެ: މެޓް

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 10:49
0

އަންނަ ހަފްތާގައި ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދޭނެކަމަށް މޫސުމާއި ބެހޭ އެޕްލިކޭޝަންތަކުން ދެއްކިނަމަވެސް، އެއީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްކަމަށާއި، އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ހާމަކޮށްފިއެވެ.

މޫސުމާއި ބެހޭ އެޕްލިކޭޝަންތަކުން ދައްކާގޮތުގައި މިމަހިގެ30 ވަނަ ދުވަހު ރާއްޖޭގެ ދެކުނު ސަރަހައްދަށް ތޫފާނެއް އަރާނެކަމަށް ދައްކާތީ ބައެއް ފަރާތްތކުން އަންނަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވަނީ ކޮޅިގަނޑެއްކަމަށާއި އެއީ ރާއްޖެއާއި އެތައް ސަތޭކަ މޭލު ދުރުގައި އުފެދިފައިވާ ކޮލީގަނޑެއްކަމަށެވެ. އަދި އޭގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވިޔަސް އެކަމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ވަނީ އެ ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާކަމަށާއި، އެކަމުގެ މަޢުލޫމާތު ހިއްސާކުރަމުން ދާނެކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް މިރެއިން ފެށިގެން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަަމށްވެސް މެޓް އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.