ނުރައްކަލަކީ އެގްރިމަންޓެއް އޮތުން، އޭގައި އޮތް އެއްޗެއް ނޫން: ޢުމަރު

ނުރައްކަލަކީ އެގްރިމަންޓެއް އޮތުން، އޭގައި އޮތް އެއްޗެއް ނޫން: ޢުމަރު

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 09:54
0

އިންޑިއާއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ އެއްބަސްވުމުގައި އޮތް އެއްޗެއް ނޫންކަމަށާއި، މައްސަލައަކީ އެއްބަސްވުމުގައި ސޮއިކުރުންކަމަށް، އުތުރު ތިލަފަޅު އެއްބަސްވުން ލީކްކޮލި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އިންޑިއާ ސަރުކާރައެކު ދިވެހިސަރުކާރުން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން އެންމެ ފުރަތަމަ ލީކް ކޮށްލީ އުމަރު ނަޞީރެވެ. މިއާއެކު ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

ޢުމަރު ނަޞީރު ވިދާޅުވީ، އެއްބަސްވުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ އެއްބަސްވުމުގައި އޮތް އެއްޗެއް ނޫންކަމަށާއި، މައްސަލައަކީ އެއްބަސްވުމުގައި ސޮއިކުރުންކަމަށެވެ. އެ އެގްރިމަންޓް އޮތުމަކީ ނުރައްކަލެއްކަމަށް ޢުމަރު ވިދާޅުވިއެވެ.

އެންމެ ކަންބޮޑުވާކަމަކީ އެގްރީމެންޓެއްގައި ސޮއިކުރި ކުރުން… އެގްރީމެންޓްގައި އޮތީ ކޮން އެއްޗެއްތޯ އަށް ވުރެ މުހިންމީ އޭގައި ސޮއިކުރިކުރުން. ގައުމަކުން ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ވަދެގަންނަން ބޭނުންކުރަނީ ސަރުކާރުގެ އެންޑޯސްމަންޓެއް… ޑޮކިއުމެންޓެއް ބޭނުންވަނީ އެމީހުން އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ދައްކާލަން… މިއޮތީއޭ އެގްރިމެންޓް… އޭގައި އޮތް އެއްޗެއް ބޭނުމެއް ނުވާނެ…

– ޢުމަރު ނަޞީރު

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

އުތުރު ތިލަފަޅާއި ގުޅޭގޮތުން ލީކް ކޮށްލި ލިޔުންތަކާއި ގުޅޭގޮތުން ސަރުކާރުން ވަނީ އެ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއްނޫންކަމަށާއި، އެއީ ޑްރާފްޓެއްކަމަށްވެސް ޤަބޫލެއް ނުކުރާކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ސާބަހޭ ޢުމަރު......ޙައްލަކީ ޢުމަރު.