އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ކުރިއަށް އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެޗްޕީއޭއިން އެކުލަވާލި އުސޫލުގައިވެސް ވަނީ އެކަން ބަޔާންކޮށްފައެވެ. އލެކްޝަންސް ކޮމިޝަނުން ބުނީ އެ އުސޫލުގައި ބަޔާންކުރާ ގޮތަށް ކޮންމެ މީހަކުވެސް ވޯޓްލާން ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަސް ބާރު އަޅާކަމަށެވެ. ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުންކަމަށްވެސް އީސީން ބުންޏެވެ. އަދި ކަރުދާހުގައި ރަނގަޅު ފާހަގަނޫން އެހެން ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ ނިޝާނެއް ލިޔެފިނަމަ އެވޯޓެއް ބާޠިލްވާނެކަންވެސް އީސީން ވަނީ ހަނދާންކޮށްދީފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ10 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި 272،480 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މިފަހަރުގެ އިންތިޚާބު ކުރިއަށްދާނީ ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލި އުސޫލާއި އެއްގޮތަށެވެ.
ކޮމެންޓު ފޮނުވާ