މަޑުއްވަރީގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
26 މާރޗް 2021 09:28
0

ރ.މަޑުއްވަރީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 10 މީހަކުހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި އިހުތިޖާޖުކޮށްފައިވާއިރު ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ފުލުހުން ބުނީ އެ އިހުތިޖާޖުތަކައި ގުޅިގެން މިހާތަނަށް10 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ މުޅިންވެސް ދިވެހި ފިރިހެނުންކަމަށެވެ. އެ އެންމެންވެސް ހައްޔަރުކުރީ ކޯޓް ޢަމުރެއްގެ ދަށުންކަމަށާއި، އެމީހުން ހައްޔަރުކުރީ ހަމަނުޖެހުންހިންގާ، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި ގުޅިގެންކަމަށެވެ. އަދި ފުލުހުންނަށް ހަމަލާދިން މައްސަލަވެސް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.