ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހިފެހެއްޓޭނީ އެކަން ކުރަންޖެހޭ މިންވަރަށް އެކަން ރައްދުވާ ފަރާތަށްކަމަށް އެމްޑީޕީގެ ޗެެއަރޕާސަން އަދި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ސިވިލް ސާރވިސް މުވައްޒަފުންނަކީ މޫނެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރައްވާ، އެމީހުންނަށް ޚިޔާލުފާޅު ނުކުރެވޭނެކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިއުމާއި ނުރުހުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަކީ އަސާސީ ހައްގެއްކަަމށާއި، އެ ގައްގުގެ ބައެއް ނަމަވެސް ހިފެހެއްޓޭނީ އެކަންކުރަންޖެހޭ ޙަލަތުގައި އެކަންކުރަންޖެހޭ މިންވަރަށް އެކަން ރައްދުވާ ފަރާތަށްކަމަށެވެ.
ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަކީ ވަރަށް އަސާސީ ހައްގެއް. އެ ހައްގުން ބައެއްވިޔަސް ހިފެހެއްޓެންވާނީ ކޮންމެހެން އެކަން ކުރަންޖެހޭ ޙާލަތުގައި، އެކަން ކުރަންޖެހޭ މިންވަރަށް، އެކަން ރައްދުވާ ފަރާތްތަކަށް އެކަނި.
– އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް
Qaanoonu Asaasee in libidheefaivaa Khiyaalu Faalhukurumuge haqqakee varah asaasee haqqeh. E haqqun baeh viyas hifehetten vaanee kommehen ekan kuran jehey haalaiythakugai, ekan kuran jehey minvarah, ekan radhdhuvaa faraiythakah ekani. @MDPSecretariat
— Hassan Latheef? (@HassanLatheef) March 25, 2021
އެވާހަކަތަކަށް ރައްދުދެއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވަނީ ޑިފެންސަށް ކުލުއްވާނެކަމެއް ނެތްކަމަށް ވިދާޅުވެ ޙަސަން ލަޠީފްގެ އެވާހަކަފުޅަށް ރައްދު ދެއްވާފައެވެ. މަލީހު ވަނީ އެމްޑީޕީގެ ޗެއަރގެ ހައިސިއްޔަތުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ޕާޓީން ވަކިކުރަން ޕީޖީ ގްރޫޕުން ނިންމާ ނަމޫނާ ދެއްކުމަށް ގޮވާލައްވާފައެވެ. އަދި އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވިއެވެ.
ތިބޭފުޅުން ޑިފެންސަށް ކުޅުއްވާނެ ކަމެއްނެތް. ވެރިކަމުގަ އަބަދުވެސް މާއްދާ 27 އަށް އިންތިހާޔަށް ޖެހިލުންވެލައްވާ. އެމްޑީޕީގެ ޗެއަރގެ ހައިސިއްޔަތުން ހޯރަފުށި އެމްޕީ ޕާޓީއިން ވަކިކުރަން ޕީޖީ ގުރޫޕުން ނިންމަވާ ނަމޫނާ ނިކަން ދައްކަވަ ބައްލަވާ. އިސްތިއުފާ ދެއްވަން އެދި ވަޑައިގަންނަވާ
— Mohamed Maleeh Jamal (@maleehjamal) March 25, 2021
ސިވިލް ސާރވިސް މުވައްޒަފުން ނިކަމެތިވާގޮތަށް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ފާޑުކިއުންތަކާއި ޕްރެޝަރާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެންމެ ފަހުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އޭނާ ދެއްކެވި ވާހަކަފުޅު ދިފާޢުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ