މާލެ ސަރަހައްދުގައި ޕްރީ ސްކޫލުންފެށިންމަތީގެ ގްރޭޑްތަކުގެ ދަރިވަރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލަށް ޙާޒިރުވެގެން ކިޔަވައިދިނމަށް ނިންމައިފިއެވެ.
ކޯވިޑް-19 ފެތުރުން މާލެސަރަހައްދުގައި އިތުރުވެފައިވަތީ ގްރޭޑް6 އިން ދަށުގެ ކުދިންނަށް ކިޔަވައިދެނީ އޮންލައިންކޮށެވެ. އަދި ސްކޫލަށް ޙާޒިރުވެގެން ކިޔަވައިދެނީ7 އިން މަތީގެ ދަރިވަރުންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި އެލްކޭޖީން ފެށިގެން މަތީގެ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ސްކޫލަށް ޙާޒިރުވެގެން ކިޔަވައދިނުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށެވެ.
ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ވަނީ ދިރާސީ އަހަރު ފެށޭ ދުވަސްވެސް ބަދަލުކޮށްފައެވެ. އެގޮތުން ދިރާސީ އަހަރު ދެން ރާއްޖޭގައި ފެށޭނީ ކޮންމެ އަހަރެއްގެ އޯގަސްޓްމަހުއެވެ. އަދި މިދިޔަ އަހަރު އޯލެލވެލް އިމްތިހާން ކެންސަލް ކުރުމައި ގުޅިގެން، އޯލެވެލް މެއި ޖޫންގައި ބާއްވާގޮތަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ