ކޯވިޑް ފެތުރި މުޅި އުތުރު ހުއްޓުމަކަށް

ކޯވިޑް ފެތުރި މުޅި އުތުރު ހުއްޓުމަކަށް

Author
މުޙައްމަދު ޖިމީ
25 މާރޗް 2021 03:44
0

ރ.އުނގޫފާރު ކޯވިޑް ކްލަސްޓާ ބޮޑުވެ އުތުރުގެ މައި ދެ ހޮސްޕިޓަަލުން ޚިދުމަތް ހޯދާ މީހުންނަށް ބޮޑު ނުތަނަވަސްކަމަކާއި ކުރިމަތި ލާންޖެހިއްޖެއެވެ.

އުތުރުގެ ދެ ރީޖަނަލް ހޮސްޕިޓަލް ހުންނަނީ ރ.އުނގޫފާރާއި ހދ.ކުޅުދުއްފުށީގައެވެ. ނަމަވެސް އުނގޫފާރުން ފެނުނު ކޯވިޑް ކްލަސްޓާ ބޮޑުވެ ފެތުރެމުންގޮސް މާލެ އަތޮޅުގެ ބައެއް ރަށްތަކާއި އުތުރުގެ އަތޮޅުތަކުގެ ގިނަ ރަށްތަކުން ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. އުނގޫފާރުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ5 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކި މީހެކެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ2 ގެ ފަހުން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީންވުމަށް އަންގާފައެވެ. އަދި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

އުނގޫފާރު ކްލަސްޓައާއި ގުޅިގެން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. އޭގެތެރޭގައި އުނގޫފާރައި ކުޅުދުއްފުށި ހިމެނޭއިރު އެދެރަށަކީ ސިއްޙީ ޚިދުމަތް ހޯދުމަށް އުތުރުގެ ރަށްްތަކުގެ ރައްޔިތުން ބަރޯސާވާ ދެ ހޮސްޕިޓަލެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެ ދެރަށާއި އެހެން ބައެއް ރަށްތަށް މޮނިޓަރިންއަށް ލައި އެރަށްރަށް އަރާފޭބުން މަނާކޮށްފައިވުމުން ވަނީ ސިއްޙި ޚިދުމަތް ހޯދުމަށް ދަތިވެ ރަށު ބަންދުވެފައެވެ.

ކުޅުދުއްފުށި މޮނިޓަރިންއށް ލާފައިވަނީ ޅ.ނައިފަރުން ކުޅުދުއްފުށި ހޮސްޕިޓަަށް ގެންގޮސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހެކެވެ. އެހެންކަމުން އެރަށް ވަނީ ރޭ މަޮނިޓަރިންއަށް ލާފައެވެ.

ކޯވިޑް-19 މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރޭތީ ސިއްޙީ ޚިދުމަތް ހޯދުމަސް މާލެއަށް ދަރުތކުރުމުގެ ބަދަލުގައި އުނގޫފާރާއި ކުޅުދުއްފުށްޓަށް ވަރަށް ގިނަ ބަޔަކު ދަތުރުކުރެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލަށް ދުވާލަކު ގާތްގަނޑަކަށް500 އާއި ގާތްކުރާ އަދަދަކަށް މީހުން އޯޕީޑީގެ ޚިދުމަތް ހޯދައެވެ. އަދ އުނގޫފާރުންވެސް500 ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު އޯޕީޑީގެ ޚިދުމަތް ހޯދައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.