ކޭއާރްއެޗަށް ނައިފަރުން ގެންދިޔަ ބަލިމީހެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންއަށް

ކޭއާރްއެޗަށް ނައިފަރުން ގެންދިޔަ ބަލިމީހެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންއަށް

Author
ޢަލީ އާދަމް
25 މާރޗް 2021 07:44
0

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ކޭއާރުއެޗަށް ނައިފަރުން ގެންގޮސް ފަރުވާދެމުންދިޔަ މީހަކު ކޯވިޑަށް ޕޮޒިޓިވް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޅުދުއްފުށިން ފުރަތަމަ ޕޮޒިޓިވްވީ ނައިފަރުން އެހޮސްޕިޓަލަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އެމީހާގެ އެހީތެރިޔާ އެވެ.

އެހެންނަމަވެސް އެ ދެމީހުންނާ ގުޅުންހުރި އިތުރު 4 މީހުން މިހާރު ކުޅުދުއްފުށިން ޕޮޒިޓިވް ވުމާއެކު މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން އެހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެއްވުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ކޭއާރްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާކޮށްފަ އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.