ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯއެލާޓްގެ މުއްދަތު މިރޭ 9 އަށް އިތުރުކޮށްފި އެވެ.
މިއަދު މެންދުރު ފަހު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހަވީރު ފަހެއްޖެހުމާ ހަމައަށް ނެރެފައިވާ މޫސުމާބެހޭ ޔެލޯ އެލާޓްގެ މުއްދަތު އިތުރުކޮށްފައި ވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މެޓް އޮފީހުން ބުނީ ށ. އަތޮޅާއި ދ. އަތޮޅާދެމެދުގެ ރަށްތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
Alert yellow extended. pic.twitter.com/KPJDWN5alJ
— Maldives Meteorology (@MetMaldives) March 24, 2021
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ