މިސަރުކާރުން މޮޅަދޫ ބާކީ ނުކުރާނެކަން ޔަގީންކޮށްދެއްވައިފި: ޝިފާއު

މިސަރުކާރުން މޮޅަދޫ ބާކީ ނުކުރާނެކަން ޔަގީންކޮށްދެއްވައިފި: ޝިފާއު

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2020 09:44
0

މިސަރުކާރަކީ އާބާދީގެ ކުދި އާބާދީތަކަށްވެސް އެއްވެސް ތަފާތު ކުރުމެއްނެތި ހިދުމަތް ކޮށްދޭނެ ސަރުކާރެއްކަން ޔަގީންކޮށް ދެއްވާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ހއ.މޮޅަދޫ ރައްޔިތުންނަށް ލަފާފުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޒަމާނި ފެންވަރެއްގެ ބަނދަރެއް ތަރައްޤީކޮށް ރަށުގެ އެނޫންވެސް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާތީ ޝީފާއު ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިކަމުން އެގެނީ އެއްވެސް ރަށަކީ މިސަރުކާރު ބާކީ ނުކުރާނެ ސަރުކާރެއްކަމަށެވެ. ހިދުމަތް ދިނުމުގައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ހިދުމަތް ކޮށްދެއްވާކަމީ މިއަދު ރައްޔިތުންގެ އިތުބާރު ސަރުކާރާއިމެދު އޮތް ސަބަބުކަމަށް ޝިފާއު ވިދާޅުވި އެވެ.

މޮޅަދޫ ރައްޔިތުންގެ ހިތުގައި މިއަދު އުފެދޭ ޝުކުރުވެރި ޖަޒުބާތަކީ މިސަރުކާރުން އިޙުލާސްތެރިކަމާއެކު މޮޅަދޫރައްޔިތުން ރަށުބަންދުން ފިލުވުމަށް ބަދަރުގެ މަސައްކަތް ބާރައްކުރިއަށް ގެންދާތީ އުފެދޭ ޝުޢޫރެއް. މިސަރުކާރުން މޮޅަދޫ ބާކީ ނުކުރާނެ.

ހއ.މޮޅަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގަ އެވެ. ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށްފައިވެއެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ވެސް ވަނީ ޖަހާފައެވެ.

މޮޅަދޫ ބަނދަރުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ޝިފާޢު ވިދާޅުވީ މޮޅަދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދިގު މުއްދަތެއް ހޭދަވެގެން ދިޔުމަކީ ހިތާމަކުރައްވާކަމެއްކަމަށެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިމައްސަލައަށް ފުރަތަމަ އަހަރުތެރޭގައި ޙައްލެއް ގެނެސްދެއްވިކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންގޮސްފައިވާކަމަށްވެސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.