އުތުރު ތިލަފަޅު އެއްބަސްވުމުގައި ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްބަސްވުން އާންމުކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާންވީ ކީއްވެތޯ އުމަރު ސުވާލު އުފައްދަވައިފިއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔުންތަކާއި، އަދި ދެކެވެމުންދާ ވާހަކަތައް ކުށްވެރިކޮށް، ސިފައިންގެ ޖެނެރަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެނެރަލް ޝަމާލް ވިދާޅުވީ މި ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއްނޫންކަމަށެވެ. އަދި އެއީ ޑްރާފްޓެއްކަމަށްވެސް ޤަބޫލެއް ނުކުރައްވާކަމަށެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން މަޝްވަރާތައް ކުރެވެމުންގޮސް، ކުރެވިފައިވާ މަޝްވަރާތަކާއި ދެކެވިފައިވާ ވާހަތަކާއި އެއްގޮތަށް ކުރެވިފައިވާ އެއްބަސްވުމެއްކަމަށެވެ.
އުތުރު ތިލަފަޅަކީ ދިވެހިންގެ ތަނެއް، ފަތުރަމުންދަނީ ޤައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކެއް
މޭޖާ ޝިޔާމްގެ ވާހަތަކާއި ގުޅިގެން އުމަރު ވިދާޅުވީ މިއަދުގެ ޕްރެސްގައި ޑިފެންސް މިނިސްޓަރު ވަޑައިނުގަނެ ޕްރެސް ބޭއްވީވެސް މިކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އެގްރިމަންޓާއި ގުޅޭގޮތުން އުމަރު ވިދާޅުވި މިހާތަނަށްވެސް ސަރުކާރަށް މިއެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމެއް ނޫންކަމަށް ވިދާޅު ނުވެވޭކަމަށެވެ. އަދި އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްބަސްވުނުން އާންމުކޮށްފިނަމަ ޤާއުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނާބުނުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.
މި އެެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާކަމެއްނެތްކަމަށް ބުނޭ. ހަމައެއާއެކީ އެއްބަސްވުން ދައްްކައިފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް އެބަބުނޭ. މިލިޓަރީ އެއްބަސްވުމެއްނަމަ މިއެއްބަސްވުން މަޖިލީހަށް ދާންޖެހޭނެ. ސިވިލް އެއްބަސްވުމެއްނަމަ އާންމު ރައްޔިތުންނަށް ހާމަވާންޖެހޭނެ.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއަދު އިންޑިޔާއިން ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ ވަރަށް ރޭވިގެން ރާއްޖޭގެ އެކި ސަރަަހައްދުގައިކަމަށެވެ. ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މިހާރުވެސް އިންޑިޔާގެ އެކި ސިފައިން ގާއިމްވެ ތިބިއިރު، މިބޭފުޅުން ކުރައްވަމުންދާ މަސައްކަތެއް އަދި ތިބި އަދަދެއްވެސް ދިވެހި ރައްޔިތުންނަށް ސާފު ނުވާކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދާނަމަ އެކަން ކުރަންޖެހޭނީ ދިވެހި ރައްޔިތުންކަމަށެވެ. ދިވެހި ސިފައިންކަމަށެވެ. އެކަން ކުރަން ބޭރުގެ ބަޔަކު އައިސް އެމީހުންގެ އެހީގައި މިކަން ކުރަން ނުޖެހޭކަމަށެވެ.
އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.
ކޮމެންޓު ފޮނުވާ