ޓްރާންސްޕޯޓް އޮތޯރަޓީ އުވާލުމަށް، ހުށަހެޅި ބިލުގެ ފުރަތަަމަ ކިޔުން އިއްވައިފި

ޓްރާންސްޕޯޓް އޮތޯރަޓީ އުވާލުމަށް، ހުށަހެޅި ބިލުގެ ފުރަތަަމަ ކިޔުން އިއްވައިފި

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 02:32
0

ޓްރާސްޕޯޓް އޮތޯރަޓީ އުވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.

މިބިލި މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ. ޒިޔާދު ހުށަހެޅުއްވި މިބިލަކީ ޓްރާސްޕޯޓް އުވާލައި، ކަނޑު ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަރުދަނާކޮށް ޓްރާސްޕޯޓް އޮތޯރިޓީން ކުރަމުންދިޔަ އެންމެހައި މަސައްކަތްތަކާއި، އަދި އެތަނުގެ މުވައްޒިފުންނާއި، ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ޓްރާސްޕޯޓް އޮތޯރިޓީ އުވާލައްވަން ނިންމަވައި، ބިލު މަޖިލީހަށް ހުށަހަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްވެހި ފަތިސް ޕްރޮގުރާމުގައި ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ޓްރާސްޕޯޓް މިނިސްޓްރީއާއި އެ އޮތޯރަޓީގެ މަސައްކަތްތައް ލަސްވުމާއި އޭގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް ސޯލިހު ވެސް ވަނީ ޓްރާސްޕޯޓް މިިނިސްޓްރީގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސް ކަމަށް ފާހަގަ ކޮށްފައެވެ. އެހެން ކަމުން ޓްރާސްޕޯޓް އޮތޯރަޓީ އުވާލަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަޅުގަނޑަށްވެސް ފެންނަނީ ހަމަ އެތަނުގަ މައްސަލަތައް ހިނގުން ލަސްކަމަށް. ޓްރާސްޕޯޓް އޮތޯރަޓީއާއި ޓްރާސްޕޯޓް މިނިސްޓްރީ އާއި ދޭތެރޭގައި ގާނޫނީ ފުށޫ އެރުންތަކެއްވެސް ހުރުމާއިއެކީގަ އެބަ މައްސަލަތަކެއް ނިކުމޭ. މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމަށް، އެ ގާނޫނު އުވާލުމަށް ހުށަހަޅާފަ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއާއެކީގައި މިނިސްޓްރީގެ އޮނިގަނޑަށް ގެެނެވޭ ބަދަލުތަކާއިއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި މިކަމުގައި ސިޓީ ކައުންސިލްތަކަށްވެސް ކުރެވިދާނެ މަސައްކަތްތަކެއް ވެސް އެބަހުރިކަމަށް ފެންނަ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ހުރިހާ ސިޓީ ތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި ރަޖިސްޓްރީ ބެލެހެއްޓުމަކީ ލާމަރުކަޒީ ކޮށްގެން ބާރުތައް ދޫކޮށްލެވިއްޖެނަމަ، ފަސޭހަތަކެއް މިނިސްޓްރީ އަށާއި މައި ސަރުކާރަށް އަންނާނެ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.