އެމްޑީޕީއާއެކު ޤައުމު އަބަދުވެސް ދެކެނީ ފަޤީރުކަން: ޑރ.ޖަމީލް

އެމްޑީޕީއާއެކު ޤައުމު އަބަދުވެސް ދެކެނީ ފަޤީރުކަން: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 12:17
0

އެމްޑީޕީއާއެކު ޤައުމު އަބަދުވެސް ދެކެނީ ފަޤީރުކަމާއި ބިކަމެތިކަން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރި އަށް ނޭދެވޭ އަސަރު ކުރާތީ، ކެފޭ/ރެސްޓޯރެންޓުތައް ބަންދުކޮށް ހަޅުތާލު ކުރަން ނިންމާފައިވާ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން މިއަދު އިއުލާން ކުރުމާއި ގުޅިގެންނެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތައް ހިންގާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފަިއވާއިރު، މިކަމަށް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވެއެވެ. ޑރ.ޖަމީލް ވިދާޅުވީ މިއަދު ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވީނަމަވެސް ފެނިގެން ދަނީ ގޮތް ހުސްވެ އިހުތިޖާޖައް ނިކުންނަ މަޒަރު ކަމަށެވެ. މީހުންނަށް ނިކަމެތި ކަމާއި ފަގީރުކަން ނޫންކަމެއް ކުރިމަތި ނުވާކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮންމެ ދިމާލަކުންވެސް ފެންނަނީ ގޮތްހުސްވެ އިޙްތިޖާޖަށް ނުކުންނަ ޙާލަތުގައި ތިބިތަން. މިއީ ސަރުކާރުގެ ވިޔާނުދާ ސިޔާސަތުތަކުގެ ސަަބަބުން އެތައް ބަޔަކު މަގުމަތިވެފައިވާކަމުގެ ހެކި. އެމްޑީޕީއާއެކު ޤައުމު އަބަދުވެސް ދެކެނީ ފަޤީރުކަން. ޤައުމަށް އޮތް ބިރަކަށް ޕާޓީގެ ސިޔާސަތުތައް ވެއްޖެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ކެފޭ/ރެސްޓޯރަންޓްތަކުން ރޭގަނޑު 8:00ގެ ފަހުން ކެއުންބުއިމުގެ ހިދުމަތް ނުދޭވޭ އުސޫލު އިތުރު ހަފްތާއަކަށް ދަންމާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޯވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 6:00 ގެ ފަހުން ވެހިކަލްތައް ދުއްވުމާއި ރޭގަނޑު 8:00 ގެ ފަހުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. މީގެ ސަބަބުން ރެސްޓޯރެންޓުތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް އެ ވިޔަފާރި ކުރާ މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.