އިއްޔެ ހަވީރު ހުޅުމާލޭގައި އެޗްޕީއޭގެ ހުއްދަ ދުރާލައި ހޯދައިގެން ބޭއްވި އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް ޝުޖާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ނިމުނުތާ ކުޑައިރުކޮޅެއް ތެރޭ ޝުޖާ ޖޫރިމަނާކޮށްފިއެވެ.
ޕީޕީއެމްއިން ވަނީ އެޗްޕީއޭއިން ދީފައިވާ ހުއްދައާއި، ޖޫރިމަނާކުރިކަން އަންގާ ޝުޖާއަށް ފޮނުވި މެސެޖެޖްވެސް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ. އެޗްޕީއޭއިން އިވެންޓަށް ހުއްދަ ދިނުމުގައި ވަކި ކަންތައްތަކަަށް ވަނީ ޝަރުތުކޮށްފައެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކަމަށެވެ.
އިއްޔެގެ އިވެންޓުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއި، ހުޅުމާލޭގެ ޝުޖާގެ ކެމްޕެއިން ޓީމުގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ. ޝުޖާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓާއި ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވާއިރު، ހަފްތާ ބަންދުގައި ބޭއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން އިވެންޓާއި ގުޅިގެން އޭނާވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަންވެސް ބައެއް ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ