އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 08:16
0

އެސްޓީއޯއިން ވަނީ ޑީސަލްގެ އަގު ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑު ކޮށްފިއެވެ.

މި ބަދަލާއެކު އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.19 ރުފިޔާ އަށެވެ. މިބަދަލު ގެނެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތައް ހުއްޓުމަކަށް އައުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެސްޓީއޯއިން ވަނީ މި ދިޔަ މަހު ވެސް ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.