ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަމްނާ ވަހީދުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގެން ވިލިމާލޭ ގޭތަކަށް ރައީސް ނަޝީދު މިއަދު ޒިޔާރަތްކޮށްފިއެވެ.
ވިލިމާލެއަށް މިއަދު ހަވީރު ރައީސް ނަޝީދު ވަޑައިގެން ވަނީ ވިލިމާލޭގެ ގިނަ ރައްޔިތުން ތަކަކާއި ބައްދަލު ކުރައްވާފައެވެ. މަގުމަތިން ދިމާވި މީހުންނާއި، އަދި ގޭގެއަށް ވަޑައިގެންވެސް ރައީސް ނަޝީދު ވަނީ ހަމްއާއަށް ކެމްޕެއިން ކޮށްދެއްވަފައެވެ. މި ކެމްޕެއިން އިވެންޓުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީން ވާދަ ކުރައްވާ އަނަސް އަބްދުއް ސައްތާރުވެސް ބައިވެރިވެފައިވެއެވެ.

މާލެ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ވިލިމާލެ ދާއިރާގެ ކެންޑިޑޭޓު ހަމްނާއަކީ މިހާރުވެސް އެދާއިރާ ތަމްސީލް ކުރައްވަމުންދާ ބޭފުޅާއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވުމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި، ޕީޕީއެމްގެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ކެމްޕެއިންގެ ފޯރިދަގަވެފައެވެ. ދެ ޕާޓީންވެސް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ލީޑަރުން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާއިރު، އިންތިޚާބުގައި އެންމެ ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ މާލެ ސިޓީގެ މޭޔަރުގެ މަޤާމަށެވެ.
މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ވާދަ ކުރައްވާއިރު، އެމްޑީޕީން ވާދަ ކުރައްވަނީ އަނަސް އަބްދުއްސައްތާރެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ