ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤަަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ އާއި ބައްދަލު ކުރައްވައިފިއެވެ.
ޤަތަރާއި ރާއްޖެއާއި ދެމެދު ގުޅުން ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ކުރައްވަ މިދަތުރުފުޅުގައި މިއަދު ޤަތަރުގެ އަމީރާއި ބައްދަލު ކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުނާކޮށް ކުރިއަށް ގެންދިއުމުގެ މުހިންމު ކަމުގެ މައްޗަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެއާއި ޤަތަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984ވަނަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ޤަތަރާއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017ވަނަ އަހަރުގެ ޖޫންމަހުގެ 5ވަނަ ދުވަހުއެވެ. ޤަތަރާއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފްދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ