ސިފާގެ އަމުރަށް ޖަމާއަތްތެރިއަކު އަސާސީހައްގުން މަހުރޫމްވެފައިވާ ތަނަކަށް

ސިފާގެ އަމުރަށް ޖަމާއަތްތެރިއަކު އަސާސީހައްގުން މަހުރޫމްވެފައިވާ ތަނަކަށް

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 08:21
0

މާލޭ މޭޔަރު ޝިފާގެ ނުރުހުން އަމާޒުވި ޖަމާއަތްތެރިއަކު، ސިވިލް ސާވިސްގެ ޤާވާއިދާ ހިލާފަށް ވިލިމާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، މިމައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސިޓީ ކައުންސިލްގެ މިސްކިތްތަކާއި ސަހަރާއާއި ބެހޭ ކޮމެޓީގެ މުޤައްރިރު މުހައްމަދު ފަޒީން އެދިވަޑައިގެންފިއެވެ.

މާލެ ސިޓީގެ ޖަމާއަތްތެރިޔާ މުޙައްމަދު ޖަވާދު އާދަމް 22 ފެބްރުއަރީ 2021 ގައި ވިލިމާލެ ސަހަރާއަށް ބަދަލުކުރުމާގުޅިގެން ފަޒީން މިދި މަހުގެ 24 ވަނަ ދުވަހު ސެކެޓްރީޖެނެރަލްއަށް ސިޓީއެއްފޮނުވާފައެވެ. ނަމަވެސް މިސިޓީގެ ޖަވާބެއް ނުލިބި ހުއްޓާ ސެކެޓްރީ ޖެނެރަލްއާއި ބައްދަލުވުމުން ސިޓީގެ ޖަވާބު ނުދެއްވަނީ ކީއްވެތޯ ދެންނެވުމުން އެބަދަލަކީ މޭޔަރގެ އެންގެވުމަށް ގެނެސްފައިވާ ބަދަލެއްކަމަށް ވިދާޅުވެފައިވާކަމަށް މިކަމާއި ގުޅިގެން ފަޒީން އާންމުކޮށްފައިވާ ސިޓީގައި ވެއެވެ.

ފަޒީން ވިދާޅުވީ މީގެކުރިންވެސް މޭޔަރ ހިތްހަމަނުޖެހޭ ސްޓާފުން އެހެން ސެކްޝަންތަކަށް ބަދަލުކޮށް ނުގުޅޭމަސަކަތްތަށް ހަވާލުކޮސްފައިވާމަށެވެ. ނަމަވެސް މިފަހަރު ކަންކުރެއްވާފައިވަނީ ވަރައްވެސް އަނިޔާވެރި ގޮތަކަށް ކަމަށާއި، ޖަމާއަތްތެރިޔާ މުޙައްމަދު ޖަވާދު އާދޭތެރޭ ހިތްހަމަނުޖެހުނު ހިނދު އޭނާ ބަދަލުކުރެއްވީ ފަޅު ސަހަރާއަކަށް ކަމުގައި ފަޒީން ވިދާޅުވިއެވެ. ޖަވާދު ބަދަލު ކުރުމުގައި ސިވިލްސާވިސް ގަވާއިދާއި ޚިލާފަށް ސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ކަންތައްތައް ފަޒީން ވަނީ މި ސިޓީގައި ހާމަކޮށްދެއްވާފައެވެ.

1. ކަރަންޓު އަދި ފެނުގެ ޚިދުމަތް ކެނޑިފައިވާތަނެއްގައި މަސައްކަތްކުރަން މަޖުބޫރުކޮށްފައިވާކަން.

2. 21 ފެބްރުއަރީ 2021 ގައި މުޙައްމަދު ޖަވާދު ވިލިމާލޭ ސަހަރާއަށް ބަދަލު ކުރުމަށް ކައުންސިލުން ދީފައިވާ ލިޔުމުގައި، " ވިލިމާލޭ ހިނަވާގޭގެ މަރާމާތުތަކާއި އެތަން ސާފުކޮށް ބެލެހެއްޓުމާބެހޭ ކަންތައްތައް، މިޔުނިޓުގެ ލަފަޔާއި އިރުށާދުގެ ދަށުން ކުރުމަށާއި" މިހެން ބަޔާންކޮށްފައިވޭ. މިމަސައްކަތްތަކަކީ މުޙައްމަދު ޖަވާދުގެ ވަޒީފާބަޔާނުގައި ކުރުންވެސް އަދި ބެލެހެއްޓުން ވުންވެސް ނުހިމެނޭ މަސައްކަތްތަކެއްކަމުން ސައްކަތްތަކެއްކަމުން މިއީ ސިވިލްސަރވިސް ޤަވާއިދާ ޚިލާފްކަމެއް.

3. ވިލިމާލޭ ސަހަރާ އެހެން ސަހަރާތަކެކޭއެއްގޮތަށް ބަލަހައްޓަނީނަމަ ސިޓީކައުންސިލްގެ އާންމުޚިދުމަތްތަކާ ބެހޭބައިގައި އެދިލެއްވުމުން އެސެކްޝަނުން މަރާމާތުކުރުމާއި ކަރަންޓުމަސައްކަތުގެ ތަޖްރިބާހުރި މީހުންފޮނުވައިގެން ކުރަންހުރި މަސައްކަތްތައް ނިންމާނެ. އަދި ސާފުކޮށްބެލެހެއްޓުމަށް ސުޕަވައިޒަރުންނާއި
މަސައްކަތުމީހުން އެސެކްޝަނުން ފޮނުވާނެ. ހިނަވާ ވަޅުލުމުގެ މަސަކަތްކުރާ ޖަމާއަތްތެރިން ބަދަލުކުރާނީ އެއަށްފަހު. މިއުސޫލުން ކަންކޮށްފައިނުވާކަން.

4. މައްޔިތެއް ހިނަވާ ވަޅުލުމަށް މަދުވެގެން 2 (ދޭއް) ޖަމާއަތްތެރިން ބޭނުންވާއިރު ވިލިމާލެ ސަހަރާއަށް ބަދަލުކޮށްފައިވަނީ ހަމައެކަނި މުޙައްމަދު ޖަވާދުކަން.

5. ވަޅުލުމަށްޓަކައި 3 ނުވަތަ 4 ވަޅުކޮންނަ މީހުންބޭނުންވާއިރު އެއްވެސް ވަޅުކޮންނަމީހަކު ވިލިމާލޭ ސަހަރާއަށް ބަދަލުކޮށްފައިނުވާކަމާއި އަދި މުޙައްމަދު ޖަވާދު ވިލިމާލެ ސަހަރާއަށް ބަދަލުކުރި 21 ފެބްރުއަރީ 2021 ގެ ކައުންސިލުގެ ލިޔުމުގައި "އެސަހަރާގައި ވަޅުލުމާބެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި" މިހެން ބަޔާންކޮށް މާލެ ސިޓީކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުވެސް ޖަމާއަތްތެރިޔާއާއި މަތިކޮށްފައިވާކަން.

6. މިބަދަލުގެނެސްފައިވަނީ މުސާރައާއި އެކުވިބޭ އިނާޔަތްތަށް އުނިކުރުމަށްފަހު ކަމާއި، ކަނޑެއް ހުރަސްކޮސް ދާންޖެހޭތަނަކަށް ބަދަލުކޮށްފައިވާކަން.

7. މިބަދަލުގެނެސްފައިވަނީ މުވައްޒަފުގެ ރުހުމެއްނެތިކަމުން ބޭނުންވާ ކައުންސިލުގެ ނިންމުން ނެއްކަން. ސަހަރާއެއްގައި ޖަމާއަތްތެރިން ބައިތިއްބާނަމަ 3 ދަންފަޅިއަށް ބަހާލައިގެން މަދުވެގެން 6 ޖަމާއަތްތެރިން ބޭނުންވާނެކަން. ހަމަނޭގެނީތޯއެވެ؟ ވިލިމާލެ ސަހަރާގައި އެތައް ދުވަހެއްވަންދެން މައްޔިތަކު ވަޅުނުލާ އޮވެފައި އެސަހަރާގައި އެންމެފަހުން މައްޔިތަކު ވަޅުލާފައިވަނީ 2019 ވަނައަހަރު. މިސަބަބުތަކާހުރެ ހުޅުމާލެ އަދި ވިލިމާލެ ސަހަރާގައި ޖަމާއަތްތެރިން ޑިއުޓީއަކު ނުތިބޭނެ. އުސޫލެއްގެގޮތުން ކަންކުރަމުން އަންނަގޮތަކީ ވިލިމާލޭގައި މައްޔިތަކު ހިނަވާ ވަޅުލަން ޖެހިއްޖެނަމަ އާސަހަރާގައި ޑިއުޓީގައި ތިބޭ ޖަމާއަތްތެރިންގެތެރެއިން މީހުން ވިލިމާލެއަށް ފޮނުވައިގެން ހިނަވާ ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދަނީ.

މަޤާމުގެ ނުފޫޒުގެ ބާރު ބޭނުންކޮށްގެން ހިންގާފައިވާ މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އަދި މިޢަމަލު ކުރައްވާފައިވަނީ މުއައްޒަފަކާއި ދޭތެރޭގައި ޢަމަލުކުރަންޖެހޭ ރިވެތި އުސޫލުން ނޫންކަން ފަޒީން ވަނީ ފާހަގަކޮށްފައެވެ. އަދި މުޙައްމަދު ޖަވާދު އިހުހުރި މަޤާމަށް ބަދަލުކޮށް އޭނާއަށް ވަޒީފާގެ ހައިސިއްޔަތުން ލިބެންޖެހޭ އެންމެހާ ހައްޤުތައް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން ފަޒީން ވަނީ އެދިފައެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.