ކޯވިޑް-19އާ ގުޅިގެން ފެބްރުއަރީ 6 ވަނަ ދުވަހު މޮނީޓާރިންއަށް ލާފައިވާ އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތުން ނަގައިފިއެވެ.
އައްޑޫ މޮނީޓަރިންގ ހާލަތަށް ލާފައިވަނީ ކަރަންޓީންގައި ނެތް ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އައްޑޫ ސިޓީ މޮނީޓަރިންގއަށް ލާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.
މި މުއްދަތުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 57 މީހަކު ކޯވިޑަށް ޕޮޒިޓިވްވިއެވެ. އަދި މީގެ އިތުރުން، އެރަށާއި ވަކިން އޮންނަ ހުޅުމީދޫން 35 މީހަކު ޕޮޒިޓިވްވިއެވެ. މިއާއެކު ޖުމްލަ އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 92 އަށް އަރާފައެވެ.
އައްޑޫ ސިޓީ އާންމު ހާލަތަށް ގެނައި ނަމަވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް ރައްޔިތުން އަމަލުތައް ބެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ