ކޯޓުތަކުން މިހާރު ހަމަހަމަ ކަމާއިއެކު އިންސާފުލިބުމުގެ އިހުސާސްކުރެވޭ: އޭޖީ

ކޯޓުތަކުން މިހާރު ހަމަހަމަ ކަމާއިއެކު އިންސާފުލިބުމުގެ އިހުސާސްކުރެވޭ: އޭޖީ

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 07:28
0

ކޯޓުތަކުން މިހާރު ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކުރެވި، އަދުލުއިންސާފު ޤާއިމްކުރުމަށް އޮތް ހުރިހާ މަގެއް ހުޅުވިފައިވާކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިފަދައިން ވިދާޅުވީ ކުރިމިނަލް ކޯޓްގެ ކުރީގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވު ކުރީގެ ރައީސް ނަޝީދަށް ކޮށްފައިވާ 13 އަހަރުގެ ޖަލުހުކުމާއި ގުޅޭގޮތުންނާއި، އޭރު ރާއްޖޭގެ ހާލަތު ހުރިގޮތުން ވަކީލުންނަށް އޮތް ބިރުވެރިކަން ހާމަކޮށް ރައީސް ނަޝީދުގެ އޭރުގެ ޤާނޫނީ ވަކީލް މަހުފޫޒް ސައީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓުގައެވެ.

އޭޖީ ވިދާޅުވީ އޭރުގެ ހާލަތު ހުރުގޮތުން މިއަދުވެސް ލަދުވެތިވާކަމަށެވެ. އޭރު ކޯޓުތަކުން ވަކީލުންނަށް ލިބިދޭންޖެހޭ އެތަކެއް ހައްގެއް ނިގުޅައިގެން ޝަރުއީ ނިޒާމުގެ މަފްހޫމުތަކާއި، ޚިލާފަށް ހިންގަމުންދިޔަ ހުރިހާ ކަމެއް މިއަދު ބަދަލުކުރެވި ހައްގުތައް އަލުން އިޔާދަކޮށްދެވިފައިވާކަމަށެވެ. އަދި މިއަދު ކޯޓުތަކުން މިނިވަންކަމާއި، ހާމަކަން ބޮޑު ކަމާއިއެކު ޝަރީއަތް ކުރުމުގެ ފުރުސަތުލިބި ހަމަހަމަ ކަމާއިއެކު އިންސާފު ގާއިމްކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވާކަމަށެވެ. އަދި މިއަދު ކުރިން ގެއްލުނު އިތުބާާއި ޔަގީންކަން ލިބިގެންދިއުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުންކަމަށް އޭޖީ ވިދާޅުވިއެވެ.

އެދުވަހަކީ، ކޯޓުތަކުގެ ޢަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިޘިއްޔަތުން ލަދުވެތިވާންޖެހުނު ދުވަހެއް އެދުވަސް މިއަދު މާޒީވެއްޖެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ ވަގުތާއި ވަޞީލަތްތަކުގެ ޙައްޤު ނިޒާމީ ސިފައެއްގައި ނިގުޅައިގަތަސް އެޙައްޤު މިހާރު އޮތީ އިޢާދަކޮށްފަ. ހާމަކަމާއި ހަމަހަމަކަމާއެކު އިންޞާފު ލިބިދިނުމުގެ އިތުރަށް އެމޭރުމުން އެކަން ހިނގާކަން ކޮންމެމީހަކަށްމެ އިހްސާސްކުރެވުމަކީ ގެއްލިފައި އޮތް އިތުބާރު އިޢާދަވެގެން ދިޔުން.

– އޭޖީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޝަރީއަތަށް އޭރު އެމަނިކުފާނުގެ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ނުލިބުމާއި، ރައްކާތެރިކަމުގެ މާހައުލެއް މެތުމުގެ ސަބަބުން ވަނީ އެމަނިކުފާނަށް ވަކާލާތު ކޮށްދެވެން ނެތްކަމަށް ބުނެ ހުރިހާ ވަކީލުން އެއްފަހަރާ އެމައްސަލައިން އެކަހެރިވެފައެވެ.

22 ފެބުރުއަރީ 2015 ދުވަހު ރައީސް ނަޝީދު ހައްޔަރުކޮށް އޭގެ އިރުކޮޅެއްގެ ތެރޭގައި ކުރިމިނަލް ކޯޓަށް ހާޒިރުކޮށް، ވަކީލެއްގެ ފުރުސަތު ލިބިދިނުމެއްނެތި ބަންދާމެދު ގޮތެއް ވަނީ ނިންމާފައެވެ. ރައީސް ނަޝީދުގެ މައްސަލަ އޭރު ބެއްލެވި ވަކީލުން ބުނެފައިވަނީ މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ލިބިދީފައި ނުވާކަމަށެވެ. ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިދިނުމަކީ ހަމަ ކޮންމެ މީހަކަށްމެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެކަށްވާއިރު، އެ ހައްގު ރައީސް ނަޝީދަށް ލިބިދީފައެއް ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.