ކޯވިޑް މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަންޖެހޭ: މަލީހު

ކޯވިޑް މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަންޖެހޭ: މަލީހު

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 12:03
0

މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުން ނަގަން ޖެހޭކަމަށް ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ބިރުވެރިކަމުން ތަޖުރިބާ ކުރަން ބޭނުން ނުވާނަމަ އަވަހަށް ކޯވިޑުން ރައްކާތެރިވުމުގެ ވެކްސިން ޖެހުމަށް އެބަލި ތަހައްމަލްކުރަމުންދާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިލްތިމާސް ކުރައްވައި ހިއްސާ ކުރެއްވި މެސެޖަށް އިޝާރާތް ކުރައްވައެވެ. އާޒިމަށް އަވަސް ޝިފާއަކަށް އެދި މަލީހު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ކޯވިޑަކީ ނުރައްކާތެރި ނޫން ބައްޔެއްކަމަށް ވާހަކަ ދައްކައި އެކަންވެސް ޖޯކަކަށް ހެދިކަމަށެވެ.

އަދި މިއަދު މާލެ ސަރަހައްދުގައި ކޯވިޑް ފެތުރި ބަލި ކޮންޓްރޯލް ނުވެ ގޮސްފައިވަނީ އޭރު މަޖިލީހުގެ ބައެއް މެމްބަރުން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކުގެ ސަބަބުންކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިއަދު ކޯވިޑް އުސޫލުތައް ނުހިފެހެއްޓި ކަންކަން ބޮއްސުން ލާފައިވަނީ އެޗްޕީއޭއިން ގެންގުޅޭ ގަވާއިދު ދެ ސެޓް އޮތުމުންކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އިން ސެއިންސް ގަބޫލު ނުކުރާ ކަމުގެ ހެއްކެއް. ކޯވިޑް-19 އަކީ ހަމަ އާދައިގެ ރޯގާއެއްކަމަށް ދެކި މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ދެކޮޅު ހެދި. ކޯވިޑް މާލޭގައި ފެތުރުމުގެ ޒިންމާ މަޖިލީހުން ނަގަންޖެހޭ. މިހެންވަނީ އެޗްޕީއޭ އިން ޤަވާއިދުގެ ދެ ސެޓު ގެންގުޅޭތީ. އާޒިމް އަށް އަވަސް ޝިފާއަކަށް އެދެން.

– މަލީހު ވިދާޅުވިއެވެ.

އަލީ އާޒިމް ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ޕޮޒިޓިވް ވުމާއެކު ހުންނެވީ އަމިއްލަ ގޭގައި ކަރަންޓީންގައެވެ.

އާޒިމަކީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މަޖިލީހުގެ ފުރަތަމަ މެންބަރެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި ގާތުން ބައްދަލުވުމުން މީގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވާނުވާ
މަލީހަށް ވަރަށްވެދުން: ދެންނުތެޅޭ، ތެޅުނީމަދާނީ ހުޅުނބު.?