މަސްވެރިކަމަށް އަދި މާރަނގަޅު ނަތީޖާާއެއް އަޅުގަނޑުމެންނަށް ނެރެވިފައެއްނެތް: ޒިޔާދު

މަސްވެރިކަމަށް އަދި މާރަނގަޅު ނަތީޖާާއެއް އަޅުގަނޑުމެންނަށް ނެރެވިފައެއްނެތް: ޒިޔާދު

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 11:36
0

މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުތައް ފުއްދުމުގައި މިހާތަނަށް އަދި މާ ރަނގަޅު ނަތީޖާއެއް ނެރެދެވިފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބަޔަށްވާއިރު، މަސްވެރިކަމުގެ ސިޔާސަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މިހާތަނަށް އަދި މާއެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ. މިކަން ދިމާވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުންކަމަށް ގަބޫލު ކުރައްވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތަކަށް އަދި ނެތް މާ ރަނގަޅު ނަތީޖާާއެއް އަޅުގަނޑުމެންނަށް ނެރެވިފައެއް. އަޅުގަނޑުވެސް ޤަބޫލުކުރަން، އެކަމާއި އެއްބަސްވެސްވަން. އެހެން ނަމަވެސް މިހާރު މިހެދިފައިވާ އުސޫލުތަކާއި އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށްފޮނި.

– ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ކުއްލި ކުއްލިއަށް އެވަގުތަށް ދިމާވާ މައްސަލަ ހައްލުކޮށްލުމަށް އެކަނި މަސައްކަތް ކުރެވިފައި ވުންކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ޤާނޫނީ ބޮޑެތި ބާރުތަކެއް މަސްވެރިކަމުގެ ސިނާއަތަށް ލިބިދީފައިވާކަމަށެވެ. އަދި މިހާރު ކޮންމެ މީހަކަށްވެސް މަސް އެކްޕޯޓް ކުރުމުގެ ހުއްދަ ލިބިދީފައިވާކަމަށެވެ.

ޒިޔާދު ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ފާއިތުވެދިޔަ ވެރިކަން ތަކުގައި މަސްވެރިން ބާނާ މަސް ސްޓޯ ނުކުރެވިގެން ކައުންސިލްތަކަށް އަޅާލުންފަދަ ކަންކަން ދިމާވެފައިވާކަމަށާއި، ނަމަވެސް މިސަރުކާރުން މަހުގެ ސްޓޯރޭޖް ބޮޑުކޮށް، މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާކަމަށެވެ.

އެނާ ވިދާޅުވީ މިހާރު ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ފޮނި ނަތީޖާތަކެއް ލިބިގެދާތަން ފެންނާކަމަށާއި، އަދި އެވެގެންދާނީ ދާއިމީ ގޮތެއްގައި މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ލިބިގެންދާނެ ހައްލުތަކެއްކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.