ރާއްޖެ އަބަދުވެސް ކުރިއަށްދާނީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައިކަމަށް ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިޤުލާލާއި، އަދި ރާއްޖޭގެ އިސްލާމީ ވަހުދަތާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައިވަނީ ރާއްޖެ މިހާތަނަށްވެސް ކުރިއަށް ގޮސްފައިވަނީ އިސްލާމީ ބަދަހިކަމާއި އެއްބައިވަންތަކަމުގެ ތެރެެއިންކަމަށެވެ. ރާއްޖެއަކީ ޤައުމީ އެއްބައިވަންތަކާއިއެކު އިސްލާމީ މަތިވެރި ވަހުދަތުގައި މިހާތަނަށްވެސް ދެމި އޮތް ޤައުމެއް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ ކުރިއަށްދާނީ ޤައުމީ އަދު އިސްލާމީ ވިސްނުމުގައި ކަމަށެވެ.
ރާއްޖެ ވޭތުވެދިޔަ ދިގުމުއްދަތުގައި ކުރިއަށް ދިޔައީ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި. އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ އިރާދަކުރެއްވިއްޔާ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރާއްޖެ ވޭތުވެދިޔަ ދިގުމުއްދަތުގައި ކުރިއަށް ދިޔައީ ޤައުމީ އަދިއިސްލާމީ ވިސްނުމުގައި . އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ކުރިއަށްދާނީ އިރާދަކުރެއްވިއްޔާ ހަމަ ޤައުމީ އަދި އިސްލާމީ ވިސްނުމުގައި.
— Maumoon Abdul Gayoom (@maumoonagayoom) March 13, 2021
ރައީސް މަައުމޫން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ކޮންކަމަކާއި ގުޅުވައިގެންކަމެއް ސާފު ނުވި ނަމަވެސް އިދިކޮޅު ފަރާާތްތަކުން ފަހަކަށް އައިސް ބާއްވާ ގިނަ ބައްދަލުވުންތަކުގައި ރާއްޖޭގެ މިނިވަކަމާއި ސިޔާސަދތާއި އިސްތިޤުލާލާއި ގުޅޭގޮތުން އެކި ތުހުމަތުތަކެއްކޮށް ވާހަކަ ދައްކާފައިވެއެވެ. ޚާއްސަކޮށް ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން ވަކި ޤައުމަކަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރު ބޮޑުވުން، ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުތަކަށް ނުރައްކާވެފައިވާކަމަށް ދަނީ ބުނަމުންނެވެ.
ރައީސް މައުމޫންގެ ވެރިކަމަށްފަހު ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމެއްގައިވެސް ޚާރިޖީ ސިޔާސަތު ގެންގުޅެމުންދާ ގޮތާއިމެދު އޭރެއްގެ އިދިކޮޅުގައި އޮންނަ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުން ސަރުކާރުތަކަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ