ނުހިނގާ ކޮންޓްރެކްޓުތަކާއި ހެދި ބޯހިޔާވަހިކަން އޮތީ ތަޅުލެވިފަ: ނަޝީދު

ނުހިނގާ ކޮންޓްރެކްޓުތަކާއި ހެދި ބޯހިޔާވަހިކަން އޮތީ ތަޅުލެވިފަ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 10:42
0

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ އެތަކެއް ބިންތަކެއްގައި ފްލެޓް އަޅަން އެއްބަސްވެ އެކޮންޓްރެކްޓައް ނުހިނގައި އޮތުން ކަމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ލޯންޗުކުުރުމަށާއި، ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ. އެކަން ނުވެ ގޮސްފައިވަނީ ނިމިދިޔަ 7 އަހަރުގައި އެމްޑީޕީ ވެރިކަމުގައި ނެތުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާ ނުވިދާޅުވީ ހުޅުމާލޭގެ ދެމިލިއަން އަކަފޫޓްގެ ބިން އެކި ކޮންޓްރެކްޓްގައި ތާށިވެފައިވާ ކަމަށާ އެ ކޮންޓްރެކްޓްތައް ބާތިލުކުރަން ޖެހޭ ކަމަށެވެ. އެތައް ޒަމާނެއް ވަންދެން މަސައްކަތް ހަވާލު ކުރެވި ބޯހިޔާވަހިކަމަށް ބޭނުންވާ މި ބިންތަކުގައި އެއްވެސް މަސައްކަތެއް ނުފެށި އޮތް ހުސްބިންތަކަށް މިބިންތައް ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަކީ އަދި ކައުންސިލްގެ އެންމެބޮޑު އަމާޒަކީ މިފަދަ ބިންތަކުގައި ވީހާވެސް އަވަހަށް ފްލެޓްއަޅައި އެކަން ކުރެވޭނެ ބަޔަކާއި މި މަސައްކަތްތައް ހަވާލު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭގައި ދެ މިލިޔަން އަކަފޫޓުގެ ބިން އެބައޮތް އެކިއެކި ކޮންޓްރެކްޓަރުންގެ ކޮންޓްރެކްޓުގައި ތާށިވެ ހުއްޓިފަ. ނުހެދިފަ. އެއޮތީ އަޅުގަނޑުމެން ކުރިމަތީގައި އޭގެ ތަނެއް. މިތަނުގެ އެވަށުގެ އެތައް މިތަނުން ފެންނާނެ. މި ކޮންޓްރެކްޓް ހުއްޓި ބޯހިޔާވަހިކަން ލިބެން އޮތް ޖާގަ މިއޮތީ ތަޅުލެވިފަ. މާލޭ ސިޓީ ކައުންސިލްގެ އެންމެ މުހިންމު މަސައްކަތަކީ އެތާށިން މިރަށް ނައްތާލުމުން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭގައި މަސައްކަތް ހުއްޓިފައިވާ ވަރަށް ގިނަ ސައިޓްތައް އެބަހުއްޓެވެ. ބައެއް ކޮންޓްރެކްޓުންނާ ބިން ހަވާލުކުރުމުން އެތަށް ބައެއްގެ އަތުން ފައިސާ ނަގާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ ފިލާފައެވެ. ހުޅުމާލޭގެ މިވަގުތުގެ ބަލަދުވެރި ފަރާތަކީ އެޗްޑީސީއެވެ. ސަރުކާރުން ބަމުން ދަނީ އިންތިޚާބަށްފަހު ހުޅުމާލެ ސިޓީ ކައުންސިލް ދަށަށް ގެންނާނެކަމަށެވެ.

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ފަށުން ހުޅުމާލޭގައި މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވެއެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގައި މިހާރު ބޯހިޔާވަހިކަމަށް ފްލެޓް އެޅައި މީހުން ވެއްދުމަށް ތައްޔާރުވެފައިވާ މަޝްރޫޢުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި "ހިޔާ" މަޝްރޫޢުގެ ދަށުން އަޅާފައިވާ 7،000 ހައުސިން ޔުނިޓެވެ. މި މަޝްރޫޢަށް މިސަރުކާރުން ލިސްޓު އެކުލަވާލުމުގައި ބޮޑެތި އަޅޮވާލުން ހުރިކަމަށްބުނެ ޝަކުވާ ވަނީ އިތުރުވެފައެވެ. އަދި ބައެއް ފަރާތްތަކުން މިކަމުގެކަންބޮޑުވުން ފާޅުކޮށް ދަނީ މުޒާހަރާވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sithu
އެހެން ޖަހާހާބެރަކަށް މިހާރު ރައްޔިތުންނެއްނުނަށާނެ . މިތިބީ އެއަށްވުރެ ހޭއަރާ. ބޮޑުމުސާރަލިބޭ ސިޔާސީ މީހުން ނޫނަކަސް އަހަރެމެންވެސް އަގަޔާ އަތާދިމާވާނެ ދުވަހެއް ދެކެންބޭނުން . ހުރިހާއާރަކާ ބާރެއްލިބުނީމަވެސް ވީކަމެއް ހަރާމް . ދެން ވަކި ކައުންސިލުދީގެން ވާނީކޮންކަމެއް .
ޢ ޢަލީ
އެކަން ކުރެވެން އޮވެ ނުކޮށްފާ ރައްޔިތުން ހައްލަން މިހާރު ކޮން ވާހަކައެއް.ގޯއްޗޭ ތަޅޭ ކިޔާކަށް. އަނެއްކޮޅުން އައްޑޫ އިން ވޯޓު ހޯދަންވީމާ އެތަނުގަ ޖަލްސާ އަކާއި ތިން އަސް ދައްކައިގެން .އަޑޫގެ ރައްޔިތުން އެއަށްވުރެ ސިކުނޑި ފާސްޓުވާނެ......މިހިރަ މަސްތޭ........